ޚަބަރު

ހަނިމާދޫ ސުކޫލުގެ އިންޑިއާ ޓީޗަރަކު އިސްރާއީލަށް ތާއީދު ކުރުމުން ދިވެހީން ރަތަށް!

އިބްރާހީމް ޙުސައިން

ހައްދު ފަހަނައެޅި އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ ކުށެއް ނެތް މުސްލިމުންނަށް ދޭ ތުރާލާއި އަނިޔާއާ ދެކޮޅަށް ހދ.ހަނިމާދޫ ސުކޫލުގެ މުވައްޒަފުން ހިމެނޭހެން އެންމެހައި ދިވެހީން ފާޅުކުރަމުންދާ ޝުއޫރަށް ގޮން ޖަހައި އެ ސުކޫލުގެ އިންޑިއާ ޓީޗަރަކު އިސްރާއީލަށް ތާއީދުކޮށް އެކަން ހާމަކޮށްފިއެވެ.

ހަނިމާދޫ ސުކޫލުން އިއްޔެ ވަނީ ފަލަސްތީނާ އެކުގައި ތިބިކަން ދައްކައިދިނުމުގެ ގޮތުން ފަލަސްތީނު ދިދައިގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނިކޮށް އެ ސުކޫލުގެ ޓީޗަރު ސުކުމަރަން ވަނީ އޭނާގެ ތާއީދު އިސްރާއީލަށް އޮތްކަން ހާމަކޮށްފައެވެ. އަދި އޭނާ ދަނީ އިސްރާއީލަށް ތާއީދު ކުރާ ވީޑިއޯތަކާއި ބަސްތައް ވެސް މީސްމީޑިއާގައި ހިއްސާ ކުރަމުންނެވެ.

2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ މި ޓީޗަރުގެ އަމަލުގެ ސަބަބުން ހަނިމާދޫ ޒުވާނުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެ ގޮތުން އެ ފަރާތްތަކުން ބުނަމުން ދަނީ ދިވެހި ސަރުކާރުން ހުރިހައި ގުޅުމެއް ކަނޑައިލައިފައިވާ ގައުމަކަށް ތާއީދުކޮށް ، ސަރުކާރުގެ އެފަދަ ނިންމުމަކާ ދެކޮޅު ހަދައި ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މީހުން ޤަތުލުކޮށް ލާއިންސާނީ އަނިޔާދޭ މީހުންނަށް ހިތްވަރުދޭ މީހުން ، ދަރީންނަށް ކިޔަވައިދޭން ތިބުމަކީ ބިރު ގަންނަ ކަންބޮޑުވާ ކަމެއް ކަމަށް ވެސް ބެލެނިވެރީން ބުނެއެވެ.

އިސްރާއީލުން މެދުކެނޑުމެއް ނެތި 11 ދުވަސް ވާންދެން ފަލަސްތީނަށް ދިން ލާއިންސާނީ ހަމަލާތައް ވަގުތީ ގޮތުން ހުއްޓައިލާން ނިންމިއިރު އެ ހަމަލާތަކުގައި 200 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފައިވެއެވެ.

މި ހަމަލާތަކާ ގުޅިގެން ފަލަސްތީނާއެކުގައި ތިބިކަން ހާމަ ކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހައި ރަށަކުން ވެސް އަދި ވަކިވަކި އިދާރާތަކުން ވެސް ވަނީ ފަލަސްތީނަށް އޮތް ތާއީދާއި ލޯބި ހާމަކޮށްފައެވެ.

 1. އަވަހަށް ރަށަސް ފޮނުވާލަ

 2. ސަރިި

  ތަލާލަ

  • ައަލީ

   އަވަހަށް ތިކަހަލަ ޔަހޫދީން ރަށުން ފޮނުވާ ލުމަށް ކައުންސިލަށް ހުށައަޅުއްވަާ

 3. ޢާދަނުބެ

  ވަގުތުން ވަގުތަށް މި މީހާބޭރު ކުރޭ

 4. ިޓީޗަރު ފޮނުވާލާ.. މިފަދަ މީހުންނަށް ވަޒީފާ ދީގެން ނުވާނެ.

 5. އަމާން

  އަވަސްވީ ގޮތަކުން އެސޮރުގެ ވަޒީފާ އިޒުރޭލަށް ބަދަލު ކޮށްލާ.

 6. ދުވަސްކޮޅަކުން އަޑުއިވޭނީ ކުއްޖަކަށް ޓިއުޝަން ދިން ހަބަރު

 7. އޮޅުވާލި ވޯޓު

  ތިޔަހޫދީކަލޭގެ މިހާރުން މިހާރައް ރަށުންބޭރުކުރުމައް ގޮވާލަން

 8. ަޏަނެ

  ބޭރު ކޮއްލާ

  • ގަގަލަން

   ވަގުތުންވަގުތައްބޭރުކުރަންފެންނަނީ

 9. ޫމުހަންމަދު

  އަޅުގަނޑުގެެ ދަރިޔަކުހުރިި ކުލާހަކަށްް ވަނަކަނުދޭނަންް. ހަނިމާދޫޫ ބެލެނިވެރިންދެންް ގޮތެއްނިންމާ

 10. ތުއްފާށަނާ

  ތިކަލޭގެ މަޢާފަށް އެދިގެންވެސް މިގައުމުގަ ހުރެވޭތޯ ބަލާނެ. ހުރެއްޖެނަމަ ކުރިއަށްވުރެ ނުބައިވާނެ. އަހަރެމެންގެ ޅަދަރިން ދީނުން ބޭރުކުރަން މަސައްކަތް ކުރާނެ.

  ވީމާ ތިކަލޭގެ މިގައުމުން ބޭރުކޮށްލުމަށް އެޑިޔުކޭޝަން މިނިސްޓަރަށް ގޮވާލަން.

 11. ީޑޕޯޓު

  ޑޕޯޓ ކޮއްލާފަ އަވަހައ ބޭރުކުރޭ!!!

 12. ފަރުދީ ޒިންމާ

  ސުކުމަރަން އަށް ދިވެހިންގެ ޓެކްސް ފައިސާއިން މުސާރަ ދިނުން ހުއްޓާލާ.. އޭނަ ކިޔަވަދޭ ކުލާހަށް ދަރިވަރުން ނުފޮނުވާ.. އަހަރަމެންގެ ދަރިންގެ ބޮލަށް ޔަހޫދީންނަށް އެރުމުގެ ފުރުސަތު ނުދެއްވާ.. އޭނަގެ ފޮޓޯ އާއްމުކުރޭ އެހެންނޫނީ ތިޔަރަށުން އޭނަ ބޭރު ކުރިޔަސް ކޮންމެވެސް އެހެން ސްކޫލަކަށް ކިޔަވަދޭން ފޮނުވަފާނެ..

 13. ޚެންސަލް

  ސުކޫލުން ފިޔަވަޅު އެޅުމުގެ ކުރިން ހުރި ތަނުގެ އެގުރީމެންޓު ވެސް ކެންސަލްކޮށްލާ.އުޅޭނެ ތަނެއްގައި އުޅެދާނެ ނު!