ޕީޕީއެމް،ޕީއެންސީގެ މައިކުތަކުން އަބަދުވެސް އަނިޔާއާ ދެކޮޅަށް އަޑު ނުކުންނާނެ: ޝުޖާއު

ޕީޕީއެމް،ޕީއެންސީގެ މައިކުތަކުން އަނިޔާއާ ދެކޮޅަށް އަބަދުވެސް އަޑުއުފުލާނެ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު ކުރެއްވި ޓްވީޓެއްގައި މިފަދައިން ވިދާޅުވެފައި ވަނީ ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރު އަހްމަދު އީސާގެ ގެވެށި އަނިޔާގެ މައްސަލައެއް ފެންމަތިވިތާ ދެ ދުވަސް ފާއިތުވެދިޔަ ނަމަވެސް މަޖިލީހުގައި މި މައްސަލައަށް އަޑުއުފުލާ މެންބަރުން މަދު ކަމަށް އޮންލައިން ނޫހަކުން ބުނުމާ ގުޅިގެންނެވެ. https://twitter.com/shuja3831/status/1395591083308974091?s=21 “މި ހުރިހާ މައިކެއްގެ ނަރު ވަނީ ދުވަސްތަކެއް ކުރިން ކެނޑިފަ. ޕީޕީއެމް/ ޕީއެންސީގެ މައިކުތަކުން އަބަދުވެސް އަނިޔާއާ ދެކޮޅަށް އަޑު ނުކުންނާނެ” ޝިޖާއު ވިދާޅުވިއެވެ. ގެވެށި އަނިޔާގެ ސީރިއަސް ތުހުމަތުތަކެއް ކުރެވޭ، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަގެ ދެކޮޅަށް މައްސަލަ ހުށަހެޅުއްވީ ކުރީގެ އަނބިކަބަލުން އަސްރާ ނަސީމެވެ. މިކަމާ ގުޅިގެން ތަހުގީގު ނިމެންދެން އެމްޑީޕީގެ ގައުމީ މަޖިލީހުންނާއި ޕާޓީގެ އެތެރޭގެ ކޮމިޓީތަކުގެ މުގަައްރިރުކަމުން ވެސް އީސަ ވަނީ އެކަހެރި ކޮށްފައެވެ. އީސަގެ ކުރީގެ އަނބިކަބަލުން އަސްރާ ނަސީމް ކުރި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ފާއިތުވެ ދިޔަ 24 ގަޑިއިރަކީ އޭނާއަށާއި ތުއްތު ދަރިފުޅު ލޫތުއަށް އުނދަގޫ އިހްސާސްތަކެއް ކުރަން ޖެހުނު ވަގުތުތަކެއް ކަމަށާއި ކުރިމަތިވާނެ ކަމަށް ދުވަހަކު ވެސް ހީކޮށްފައި ނުވާ ކަންތައްތަކެއް ތަޖުރިބާ ކުރަން ޖެހުނު ކަމަށެވެ.




ކޮމެންޓް