ކުޅިވަރު

ގައުމީ ޓީމްގެ ޕްރެކްޓިސްތައް “ބޯލް ރޫމް” ގައި ކުރިއަށް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އަންނަ މަހު ކުޅުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕާއި އަދި އޭޝިއަންކަޕްގެ ކޮލިފައިންގައި ރާއްޖެ ކުޅޭ މެޗްތަކަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމްގެ ފަރިތަކުރުންތައް ފަށައިފިއެވެ.

Ads by MWSC

މެޗްތައް ކުޅުމަށް ގައުމީޓީމުން ކޭމްޕް ކޮށްގެން ތިބި ހޮޓެލް ޖެންގައި ފަރިތަކުރުންތައް ފަށާފައި ވަނީ އެހޮޓަލްގެ އެހޮޓަލުގެ ބޯލް ރޫމްގައެވެ. ގައުމީ ޓީމުން ބޯލްރޫމުގައި ކުރިއަށް ގެންދާ ޕްރެކްޓިސްގެ ވީޑިޔޯ ކްލިޕެއް ސޯޝަލް މީޑިޔާއާ ހިއްސާ ކުރަމުން އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ ވޯލްޑްކަޕާއި އޭޝިއަންކަޕަށް، ބޯލް ރޫމެއްގައި ޕްރެކްޓިސްތައް ކުރިއަށް ގެންދާ ހަމައެކަނި ޓީމަށް ގައުމީ ޓީމް ވެދާނެކަމަށެވެ.

މިމަހުގެ 30 އިން އަންނަ މަހުގެ 15 އަށް ސެންޓްރަލައިޒް ކޮށްގެން ރާއްޖެ ހިމެނޭ ގްރޫޕްގެ މެޗްތައް ޗައިނާގައި ކުޅެން ހަމަޖެހިފައިވާއިރު މެޗްތަކަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމް ހޮޓެލް ޖެންގައި ކޭމްޕްކުރީ މި މަހުގެ 13 ވަނަ ދުވަހުއެވެ.

ކޮލިފައިންގައި ރާއްޖެ އިން އަދި 3 މެޗް ކުޅެން ޖެހޭ އިރު އެމެޗްތަކުގައި ރާއްޖެއިން ނުކުންނާނީ ޗައިނާ، ސީރިޔާ އަދި ޕިލިޕީންސް އާ ދެކޮޅަށެވެ. އޭގެތެރެއިން ޗައިނާއާ ދެކޮޅަށް ކުޅޭ މެޗް އޮންނާނީ ޖޫން 3ވަނަ ދުވަހުއެވެ. އޭގެ ފަހުން ޖޫން 7ގައި ސީރިޔާއާ ދެކޮޅަށް ކުޅޭއިރު ފިލިޕީންސްއާ ދެކޮޅަށް ނުކުންނާނީ ޖޫން 15ވަނަ ދުވަހުއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހޮޓެލް ޖެންގެ ތެރޭގައި ގައުމީޓީމުގެ ފަރިތަކުރުންތައް ފެށީ ގަލޮޅު ދަނޑުގައި ފަރިތަކުރުންތައް ކުރިޔަށް ގެންދިއުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ނުދިނުމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!