ކޮވިޑް-19 އިތުރު މަރެއް: ޖުމްލަ އަދަދު 118އަށް

ރާއްޖެއިން އިތުރު މީހަކު ކޮވިޑް-19 ޖެހިގެން ނިޔާވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭއިން) ބުނީ ނިޔާވެފައި ވަނީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 80 އަހަރުގެ އަންހެނެއް ކަމަށެވެ.
އޭނާ ނިޔާވެފައިވަނީ މިއަދު ހެނދުނު 10:54 ގައި ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ. މިއީ ކޮވިޑް ޖެހިގެން ރާއްޖެއިން ނިޔާވި 118 ވަނަ މީހާއެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!