ޚަބަރު

އިސްރާއީލްއާ އެކު ހުރިކަން ހާމަކުރި ޓީޗަރަށް ފިޔަވަޅު އަޅާނަން: ހަނިމާދޫ ސްކޫލް

ރައުފާ ރަޝީދު ، ދެން އޮންލައިން

އިސްރާއީލްއާ އެކު ހުރިކަން ހާމަކުރި ޓީޗަރަށް ފިޔަވަޅު އަޅާނެކަމަށް ހަނިމާދޫ ސްކޫލުން މިއަދު ބުނެފިއެވެ.

Ads by MWSC

ހަނިމާދޫ ސްކޫލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ސްކޫލުގެ ސެޝަން އިންޗާޖް، އަދި އެސްއެމްޓީ މެންބަރުގެ މަޤާމުގައި ހުރި އިންޑިޔާގެ ރައްޔިތެއް ކަމުގައިވާ އެބެނެޒަރ ސުކްމަރަންގެ ފަރާތުން، ޓީޗަރެއްގެ ކިބައިން ފެނިގެން ނުވާނެ ދަށުދަރަޖައިގެ ޢަމަލެއް، ސޯޝަލް މީޑިއާގައި ފެނިފައިވާތީ، އެ ސްކޫލުން އެކަމާ ހިތާމަ ކުރާކަމަށެވެ. އަދި އެކަން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަށެވެ.

މީގެ އިތުރުން، ޒަޔަނިސްޓް ޔަހޫދީ އިޒްރާއީލުން ހިންގަމުން ގެންދާ ލާއިންސާނީ ޢަމަލްތައް ކުށްވެރިކޮށް، ހަނިމާދޫ ސްކޫލަށް 52 އަހަރު ފުރުނު މުނާސަބާގައި، ސްކޫލްގެ ސްޓޭންޑް ހާމަކޮށް، ތަފާތު ޙަރަކާތްތަކެއް ހިންގިތާ 24 ގަޑިއިރު ވެސް ނުވަނީސް، ސްކޫލްގެ ސްޓޭންޑާ ޚިލާފަށް އަދި މުޅި ދިވެހި ދައުލަތާއި ހަނިމާދޫ ރައްޔިތުންގެ ސްޓޭންޑާވެސް ޚިލާފަށް، އެ ޓީޗަރު ހިންގި ދަށުދަރަޖައިގެ ޢަމަލަކީ އެ ސްކޫލުން އެއްގޮތަކަށް ވެސް ބަލައިގަންނަ އަދި ބަލައި ގަންނާނެ ޢަމަލެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި އެކަމާ ގުޅިގެން އެ ޓީޗަރާ މެދު އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށާއި ހަނިމާދޫ ސްކޫލުގެ މެނޭޖްމަންޓާއި މުވައްޒަފުންނާއި ދަރިވަރުން އަދި އެންމެހައި ބެލެނިވެރިން، އަބަދުވެސް ތިބޭނީ ފަލަސްޠީނާ އެކުގައި ކަމަށް ވެސް އެ ސްކޫލުން ބުނެއެވެ.

އެ ބަޔާން ނިންމައިލަމުން އެ ސްކޫލުން ވަނީ ހައްދުފަހަނަ އަޅާފައިވާ އިޒްރާޢީލްގެ ލާއިންސާނީ ޢުދުވާންތައް، އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، ފަލަސްޠީންގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ނަޞްރު ދެއްވުން އެދި ﷲގެ ޙަޟްރަތުގައި އިބްތިޙާލުވެ ދުޢާ ދަންނަވާކަަމަށް ވިދާޅުވެފައެވެ.

Ads by HDC
  1. ބިސް

    ބޭރު ކޮއްލާ…އިންޑިޔާ މީހުނަށް ހީވާ ކަހަލަ މިތާ ބޭނުންހާ ވައްތަރެއް ޖެއްސިދާނޭ

  2. އިންސާފު

    ޝުކުރިއްޔާ ހަނިމާދޫ ސްކޫލްގެ މެނެޖްމަންޓް. ތިކަލޭގެ ޖެހޭނީ އަވަހަށް ގެރިމޯދީއާ ހަވާލުކުރަން. އަވަހަށް މިގައުމުން ބޭރުކުރޭ.

  3. އެ ކަލޭގެ ހުރި ގޭން ބޭރު ކޮއްލާ މިހާރުން މިހާރައް

  4. ފަރުދު

    ބޭރުކުރޭ ގާދޫކޮލުން ބޭރުކޮށް މޯދީއަށް ފޮނުވާލާ