ދީން

ޤުދުސްގެ މައްސަލަ އިސްލާމްދީނާ ވަތްކެއް ނުކުރެވޭނެ ، ޤުދުސްއަކީ މުސްލިމުންގެ ބިމެއް: ޚުތުބާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަ ކޮށްފައި ވަނީ އަޅުގަނޑުމެންގެ ލޮބުވެތި މުސްލިމު އަޚުންނާއި އުޚްތުން ހިމެނިގެންވާ ފަލަސްތީނުގެ ރައްޔިތުންނަށެވެ. ފަލަސްތީނަކީ މުސްލިމުންގެ ޒިންމާއެއް ކަމަށާއި، މުސްލިމުންގެ އެންމެ މުޤައްދަސް އެއް ބިނާ ކަމަށްވާ މަސްޖިދުލް އަޤްސާ ހިމެނިގެންވާ ޤުދުސްއަކީ މުސްލިމުންގެ ބިމެއްކަން ވެސް ޚުތުބާގައި ފާހަގަ ކުރައްވާފައިވެއެވެ.

Ads by STELCO

އެގޮތުން ޤުދުސްގެ މައްސަލައަކީ އިސްލާމްދީނާއި ވަކި ނުކުރެވޭނެ މައްސަލައެއް ކަމަށާއި ޤުދުސްއަކީ މުސްލިމުންގެ ބިމެއް ކަމުގައި ޚުތުބާގައި ފާހަގަ ކުރައްވާފައިވެއެވެ. އަދި އިސްރާއީލާއި ސަޙްޔޫނީ މީޑިއާގެ ސަބަބުން އެއީ ޔަހޫދީންގެ ބިމެއް ކަމުގައި ސާބިތުކޮށްދޭން މަސައްކަތް ކުރިޔަސް އެއީ ހަމަ ފަލަސްތީނު ރައްޔިތުންގެ ބިމެއް ކަމުގައި ވެސް ޚުތުބާގައި ވިދާޅުވެފައިވެއެވެ.

ރަސޫލާ (ޞޢވ) ޙަދީޘްފުޅު ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

"ޔަހޫދީ މީހާ ހިލަގަނޑުގެ ފަހަތަށް ވަތެ ފިލައި އޮންނަ ޙާލަތަށް ދާންދެން، ތިޔަބައިމީހުން ޔަހޫދީންނާއި ހަނގުރާމަ ކުރާނެތެވެ. އޭ ﷲ ގެ މުސްލިމު އަޅާއެވެ! އަހުރެންގެ ފަހަތުގައި މިއޮތީ ޔަހޫދީއެކެވެ. ފަހެ އޭނާ ގަތުލުކުރާށެވެ!"

ޤުދުސްގައި އެންމެ ފުރަތަމަ ވަޒަންވެރިވީ ޢަރަބިކަރައިގެ ކަންޢާނީ ޤަބީލާގެ ޔަބޫސީންނެވެ. ޢީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ 3500 އަހަރު ކުރިން ފެށިގެން ޢަރަބިން އެ ބިމުގައި އުޅެމުން ދަނިކޮށް، ބަނީ އިސްރާއީލު ބާގައިގެ ބުންޔާމީނު ދަރިކޮޅާއި، ޔަހޫޛާ ދަރިކޮޅުގެ މީހުން އެ ބިމަށް ގޮސް ބަނޑަހަ ޖެހިއެވެ. އަދި މި ބިމުގައި ދާއޫދުގެފާނާއި ސުލައިމާނުގެފާނު ބިނާ ކުރެއްވި ހައިކަލު ހޯދުމުގެ ނަމުގައި، މަސްޖިދުލްއަޤްސާގެ ވަށައިގެން ކޮންނަމުން ދިޔައެވެ. އެއީ މި މާތް ޙަރަމްފުޅު ނެތިކޮށްލުމުގެ ނުބައި މަޤްސަދުގައި ބައިނަލް އަގުވާމީ ހުރިހާ ގަރާރުތަކަކަށް ގޮންޖަހަމުން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.

މިއަދަކީ ހުކުރު ދުވަސް ކަމަށްވުމާ އެކު، މާތް މާތް ނަބިއްޔާ (ޞޢވ) ޞަލަވާތް ކިޔެވުމަށް ވެސް ޚުތުބާގައި ވަނީ ހަނދުމަފުޅު ކޮށްދެއްވާފައެވެ. އެގޮތުން ރަސޫލާ (ޞޢވ) ގެ މައްޗަށް ޞަލަވާތް ކިޔެވުން، މާތް ﷲ އަޅަމެންގެ މައްޗަށް ކޮށްފައިވާ އަމުރު ހަނދާން ކޮށްދެއްވިއެވެ.

އެކަލާނގެ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

"ހަމަކަށަވަރުން ﷲ އާއި އެކަލާނގެ މަލާއިކަތުން ނަބިއްޔާގެ މައްޗަށް ޞަލަވާތްލައްވަތެވެ. އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލެއްވުން އެދި ދުޢާ ކުރާށެވެ. އަދި އެކަލޭގެފާނުގެ މައްޗަށް ސަލާމްލެއްވުން އެދި ތިޔަބައިމީހުން ގިނަގިނައިން ދުޢާ ކުރާށެވެ."

  1. އަލީ

    ހައިކަލަކ ކޯންޗެއް