ޚަބަރު

ކަނޑިތީމުން އިތުރު 27 މީހުން ފައްސިވެ، ޖުމްލަ އަދަދު 67 އަށް

ރައުފާ ރަޝީދު
ށ.ކަނޑިތީމު | ފޮޓޯ: ސޯޝަލް މީޑިއާ

ށ.ކަނޑިތީމުން އިތުރު 27 މީހުން ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.

ކަނޑިތީމު ހެލްތު ސެންޓަރުން މިއަދު އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އެ ރަށުން ނެގުނު 99 ސާމްޕަލްތަކުގެ ތެރެއިން 11 ސާމްޕަލް އަދި ލިބިފައެއް ނުވެއެވެ. މީގެ ތެރެއިން 61 ސާމްޕަލެއްގެ ނަތީޖާ ވަނީ ނައްސިވެފައެެވެ.

އެ ރަށުގައި މިހާރު ޖުމްލަ 190 ގެއެއް ވަނީ ކަރަންޓީނު ކުރެވިފައެވެ. މިހައިތަނަށް 753 ސާމްޕަލެއް ނެގުނު އިރު 685 ސާމްޕަލެއް ނައްސިވެފައިވާކަމަށް ވެސް ހެލްތް ސެންޓަރުން މައުލޫމާތުދެއެވެ.

އެ ރަށް މިހާރު މޮނިޓަރިން ހާލަތަށް ގެނެވިފައިވާއިރު ކޮންޓެކްޓް ޓްރޭސިންގެ މަސަައްކަތް ނިމެންދެން އެ ރަށުގެ ކެފޭ، ރެސްޓޯރެންޓްތައް ވެސް ވަނީ ބަންދުކޮށްފައެވެ.

ރާއްޖޭގައި ދުވަހެއް ދުވަހަކަށް ފައްސިވާ އަދަދުތައް ދަނީ އިތުރުވަމުންނެވެ. އިއްޔެގެ ނަތީޖާއަށް ބަލާއިރު ޖުމްލަ 2194 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 50،802 މީހުންނެވެ.

ބަލިން ފަސޭހަވެފައި ވަނީ 30،403 މީހުންނެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވެފައި ވަނީ 118 މީހުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!