ދުނިޔެ

ފަލަސްތީނާ އެކު ތިބިކަން ހާމަ ކުރަން ގޮވައިލި މުސްލިމެއް އިންޑިއާއިން ހައްޔަރުކޮށްފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ފަލަސްތީނާއެކު ތިބިކަން ހާމަ ކުރުމަށް ޓަކައި ގޭގޭ ދޮރުމަތީގައްޔާއި ވެހިކަލްތަކުގައި އެ ޤައުމުގެ ދިދަ ބޭނުން ކުރަން ފޭސްބުކް ސްޓެޓަސްއެއްގައި ގޮވައިލި މީހަކު އިންޑިއާއިން ހައްޔަރުކޮށްފިއެވެ.

Ads by Sosun Fihaara

ޔާސިރު އަޚުތަރު ނަމަކަށް ކިޔާ މިމީހާ ހައްޔަރުކޮށްފައި ވަނީ އިންޑިއާގެ އުއްތަރަ ޕްރަދޭޝް ސްޓޭޓުންނެވެ. އެ ސްޓޭޓްގެ ފުލުހުން އަލް-ޖަޒީރާއަށް ވިދާޅުވީ، އެމީހާ ހައްޔަރުކޮށްފައި ވަނީ، އޭނާ ދިރިއުޅެމުން ދިޔަ ޝަހަރުގައި ހުކުރު ނަމާދަށް ފަހު ފަލަސްތީނަށް ތާއީދު ކުރުމުގެ ގޮތުން ފަލަސްތީނުގެ ދިދަ ބޭނުން ކުރުމަށް ގޮވާލާ އޭނާގެ ފޭސްބުކް ޕޭޖުގައި މެސެޖުތައް ލިޔުމާ ގުޅިގެންނެވެ.

ހައްޔަރުގައިވާ ޔާސިރު ދޫކޮށްލާނެ ވަކިއިރެއް އިންޑިއާގެ ފުލުހުން އަދި ހާމައެއް ނުކުރެއެވެ. ފުލުހުން ވިދާޅުވީ، މިގޮތަށް ކަންތައް ކޮށްފައި ވަނީ މީހުން ތޮއްޖެހި، ހަމަނުޖެހުމެއް ހިނގާފާނެތީ ކަމަށެވެ.

"މި ސަރަހައްދުގައި އެކި ހިސާބުގައި އެބަ އުޅޭ އެކި ޖަމާއަތްތަކުގައި މުސްލިމުން، އެންމެން އެއްތާކަށް އެއްވުމުން ހަމަނުޖެހުން އުފެދިދާނެ. ފުލުހުން ފިޔަވަޅު އަޅާނީ މުޖުތަމައުގެ ރައްކަލަކަށް." އިންޑިއާގެ ފުލުހުންގެ އޮފިސަރަކު އަލް-ޖަޒީރާއަށް ވިދާޅުވިއެވެ.

އިސްރާއީލުން ޣައްޒާއިން މިދިޔަ 11 ދުވަހު ދިން ލާއިންސާނީ ހަމަލާތަކުގައި ޖުމްލަ 230 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. މީގެ ތެރޭގައި 65 ކުޑަކުދިން ވެސް ހިމެނެއެވެ.

އިންޑިއާއިން މީގެ ކުރިން ވެސް ވަނީ ފަލަސްތީނާއެކު ތިބިކަން ހާމަކުރި ބައެއް މީހުން ހައްޔަަރުކޮށްފައެވެ. މިގޮތުން ފަލަސްތީނަށް ނަޞްރު ދެއްވާތޯ ދުޢާ ކުރި އިމާމެއް ވެސް ހިމެނެއެވެ.

Ads by Allied Insurance
  1. ދުނިޔޭގެ އެންމެ ބޮޑު ޑިމޮކް ރަސީޔޯ އިންޑިއާ އަކީ . އަގައިން ބަހެއް ބޭރުކޮށްލީމަ ހައްޔަރު. ޢަސްލު އެއީ މުސްލި މުންނާ އެއްކޮޅަށް ބަހެއް ބުނީމަ .

  2. ވިސްނާ

    އެކަމަކު މިރާއްޖޭގެ ވެރިން އިންޑިއާވަރުތަނެތިގެން ތެޅިބާލަނީ ހައްތާވެސް އެއްކަހަލަ މީހުން!ލާދީނީ މަޑުކަށިފިކުރުގެ ވެރިން!