މާލޭ މަގުތައް ޑިސްއިންފެކްޓް ކުރަނީ

މާލޭގެ މަގުތައް ޑިސްއިންފެކްޓް ކުރަން ފަށައިފިއެވެ.
މަސް މާރުކޭޓު ސަރަހައްދުން މިއަދު ހެނދުނު ފެށި މި މަސައްކަތް ފައްޓަވައި ދެއްވީ މާލެސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއެވެ.
ހެލްތު މިނިސްޓްރީގެ އެދުމުގެ މަތިން ފެށި މި ހަރަކާތުގައި މާލޭގެ ހުރިހާ މަގުތަކެއް ޑިސްއިންފެކްޓްކޮށް ދޮވުމަށް ހަމަޖެހިފައިވާ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
މި މަސައްކަތް ކުރިއަށް ގެންދިޔުމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމްގެ ފުރިހަމަ އެއްބާރުލުން ލިބިލައްވާ ކަމަށާއި މި މަސައްކަތުގައި އެންމެ ފުރަތަމަ އިސްކަންދެނީ އެންމެ ގިނަ މީހުން ބޭނުންކުރާ، އެއްވެ އުޅޭ ހިސާބުތައް ސާފު ކުރުމަށް ކަމަށް މޭޔަރު ވިދާޅުވިއެވެ.
އެގޮތުން ފުރަތަމަ ޑިސްއިންފެކްޓް ކުރާނީ މާރުކޭޓުތައް ކައިރި އާއި ފެރީ ޓާމިނަލްތަކާއި އަދި މަގުތަކުގެ ތެރެއިން އައިޖީއެމްއެޗު ހުންނަ ކަނބާ އައިސާރަނި ހިނގުން ފަދަ މަގުތައް ކަމަށް ވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
މިހަރަކާތް މާލޭގެ އިތުރުން ހުޅުމާލެއާއި ވިލިމާލޭގެ މަގުތުގައި ވެސް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
ސާބަސް މޭޔަރަށް ތަފާތު ފެންނާނެ ކަމަށް އުންމީދުކުރަން… ފުލެޓްތަކުގެ ކަންކަންވެސް ބައްލަވާދެއްވުން އެދެން.
ސާބަހޭ މޭޔަރު
އައްސަރިބަހުން ސާބަސް މިހާރު ތިކަން ކުރަން މާލަސް ވެސް ވެއްޖެ
ސާބަހޭޭ ކުދިންނޭ