ގެއްލިގެން ހޯދި މިސްބާހު ހުރީ ރާއްޖޭން ބޭރުގައި

ގެއްލިގެން ހޯދަމުން ގެންދާ ހދ. ނޮޅިވަރަންފަރު، މޯނިންގްސަން، މިސްބާހު މުހައްމަދު 25، ހުރީ ރާއްޖޭން ބޭރުގައިކަން ޔަގީން ވެއްޖެއެވެ.
މިސްބާހްގެ އާއިލާއިން އޭނާ ގެއްލިގެން ރިޕޯޓް ކުރުމުން ފުލުހުން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. އެކަމަށް އެދި ފުލުހުން އިއުލާން ކުރީ މި މަހު 14ގައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިމަހުގެ 19 ވަނަ ދުވަހު މިސްބާހް ރާއްޖެއިން ބޭރަށް ފުރައިފައިވާ ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އޭނާ ދިޔަ ގައުމެއް ނޭނގޭ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އޭނާ ގޮސްފައިވަނީ ދުބާއީއަށެވެ.
އޭނާއަކީ މަސްތުވާތަކެތީގެ ކުށުގެ ރިކޯޑް އޮންނަ މީހެއް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ޢޭނާ ބޯރޑިން ނަގާފައިވާ ގައުމެއް އެނގޭނެތޯއްޗެ. ޏޭނގެޔޭ ބުންޏަސް