މެދުއިރުމަތި ދުނިޔެ

ނުގޮވައި އޮތް 300 ބޮން ޣައްޒާއިން ފެނިއްޖެ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އިސްރާއީލުގެ އިސްތިއުމާރީ ފައުޖުތަކުން ޣައްޒާއަށް ދިން ހަމަލާތަކުގައި ނުގޮވާ އޮތް 300 ބޮން ޣައްޒާއިން ފެނިއްޖެއެވެ.

Ads by Sosun Fihaara

މީގެ ދެ ހަފްތާ ކުރިން، ބޮޑު ހަނގުރާމައެއް ހަމާސްއާއި އިސްރާއީލުން ފަށައިފައި ވަނީ ހުޅަނގު އައްސޭރީގެ ޤުދުސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތްކަމަށްވާ އަޤްޞާއަށް ޔަހޫދީ ފައުޖުތަކުން ޙަމަލާ ދިނުމަށް ފަހު އެތަނުގައި އަޅުކަންކުރަން ތިބި މުސްލިމުންނާ ދެކޮޅަށް ހިންގި ބޮޑެތި ލާއިންސާނީ ޖަރީމާތަކުގައި އެތައް ސަތޭކަ ބަޔަކު ޒަޚަމުވުމުންނެވެ. ޙަމާސުން އިސްރާއީލާ ދެކޮޅަށް ވަރުގަދަ ޙަމަލާތަކެއް ދޭން ފެށީ އެ ޖަމާޢަތުން ދިން މުޙްލަތުގެ ތެރޭގައި ޔަހޫދީ ފައުޖުތަކުން ޤުދުސް ހިމެނޭ ސަރަޙައްދުން ފަހަތަަށް ނުޖެހުމުންނެވެ.

ހަމާސްއިން ދިން ހަމަލާއާއެކު އިސްރާއީލުން ޣައްޒާއަށް ރޮކެޓް ހަމަލާތައް ވަނީ ދޭން ފަށާފައެވެ. މިގޮތުން ޣައްޒާގެ މީހުން ދިރިއުޅޭ އިމާރާތްތަކަށް، އެއްވެސް އިންޒާރަކާ ނުލައި ވަނީ ބޮން އަޅާފައެވެ. އިސްރާއޫލުން ޣައްޒާއަށް ހަމަލާދިނުމަށް ބޭނުންކޮށްފައި ވަނީ އެންމެ ޒަމާނީ ހަތިޔާރެވެ. އެއީ އެމެރިކާއިން އެޤައުމަށް ފޯރުކޮށްދޭ އަސްކަރީ އެހީއެވެ.

ޣައްޒާގެ ފުލުހުންގެ އިސްވެރިޔާ މުޙައްމަދު ޞަލާހު ވިދާޅުވީ ޙަމަލާތަކަށް ފަހު ޙާލަތު ދެނެގަތުމަށް ކުރި މަސައްކަތްތަކުގެ ތެރެއިން އިސްރާއީލުގެ ޢުދުވާންތަކުގައި ނުގޮވައި އޮތް 300 ބޮން ފެނިފައިވާކަމަށެވެ އަދި އެ ތަކެތި ރައްކާތެރިކަމާއެކު ނައްތާލުމަށް މަސައްކަތް ކުރަމުންދާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޣައްޒާއަށް އިސްރާއީލުން 11 ދުވަހުގެ މުއްދަތަށް ދިން އަނިޔާވެރި ހަމަލާތަކުގައި 248 މީހުން ޝަހީދު ކޮށްލައިފައި ވެއެވެ. އޭގެ ތެރޭގައި 66 ކުޑަކުދިން ހިމެނެއެވެ.

Ads by Ooredoo
  1. ބަބުރު

    ހަމާސް ހަވާލުކޮއްލާ އޭރުން ތިބޮމުން އިތުރު ރޮކެޓް ތައްޔާރުކޮއް އިސްރާއީލް ވެދުންކުރާނެ