ޚަބަރު

އައްޑު ސިޓީ ކައުންސިލްގެ ޚިދުމަތް މެދުކަނޑައިލައިފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އައްޑޫ ސިޓީގައި ކޮވިޑް-19ގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުގެ ސަބަބުން އެ ސިޓީ ކައުންސިލްގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑައިލައިފިއެވެ.

Ads by Hajj Corporation

ކޮވިޑް ފެތުރުމާ ގުޅިގެން މުޅި އައްޑޫ ސިޓީ ވަނީ މޮނިޓަރިންގެ ހާލަތަށް ލެވި، ހަވީރު 4އިން ފެށިގެން ފުރަބަންދުކޮށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ.

އައްޑޫ ސިޓި ކައުންސިލުން ބުނީ މުޅި އައްޑޫ ސިޓީގައި ކޮވިޑް-19 ފެތުރިފައިވާތީ، އެންމެހާ ރައްޔިިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި އައްޑޫ ސިޓީ ކައުންސިލްގެ އިތުރުން، އެ އިދާރާގެ ދަށުން ހިންގަމުންދާ އަވަށު އޮފީސްތަކުން ދެމުން އައި ޚިދުމަތްތައް ވެސް ސިޓީ ކައުންސިލުން ވަކި އެއްޗެއް އަންގަންދެން މެދުކަނޑާލަން ނިންމައިފައި ވާ ކަމަށެވެ.

އައްޑޫ ކައުންސިލްގެ ޚިދުމަތްތައް މެދުކަނޑައިލަން ނިންމައިފައިވާ ކަމުގައި ވީ ނަމަވެސް އައްޑޫ އެމަޖެންސީ އޮޕަރޭޝާން ސެންޓަރ އަދި ހެލްޕް ޑެސްކުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ދާނެ ކަމަށެވެ.

އިއްޔެ އެކަނި ވެސް އައްޑޫ ސިޓީން ނުވަ މީހަކު ކޮވިޑް-19 އަށް ވަނީ ފައްސިވެފައެވެ. އެއާއެކު އެ ސިޓީގައި މިވަގުތު 163 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި އެބަ ތިއްބެވެ. އަދި ހަ މީހަކަށް ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!