ދުވަސް ފެށުނީ ކޮވިޑްގެ 3 މަރާއެކު، ނިޔާވި މީހުންގެ އަދަދު މިހާރު 132 އަށް!

ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު ތިން މީހަކު ނިޔާވެއްޖެއެވެ.
"ދެން"އަށް އެނގިފައިވާ ގޮތުގައި ރޭ މެންދަމުގެ ވަގުތެއްގައި އައިޖީއެމްއެޗްގެ އެމަޖެންސީއަށް ގެންދިޔަ އުމުރުން 81 އަހަރުގެ ފިރިހެނަކު ވަނީ ނިޔާވެފައެވެ. އޭނާގެ ސާމްޕަލް ނެގުމަށްފަހު ޓެސްޓު ކުރި އިރު، ކޮވިޑަށް ފައްސި ވެފައިވެއެވެ.
އެ މީހާގެ އިތުރުން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި މި ބައްޔަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 77 އަހަރުގެ ފިރިހެނަކާއި 58 އަހަރުގެ ފިރިހެނެއް ވެސް ވަނީ ނިޔާވެފައެވެ.
މި ތިން މީހުންނަކީ ވެސް ދިވެހިންނެވެ.
މިއަދު ނިޔާވި މީހުންނާއެކު، ރާއްޖެއިން މިހާތަނަށް މި ބަލީގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު މިވަނީ 132އަށް އަރައިފައެވެ.
މާތް ﷲ އެމައްޔިތުންގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون