ޚަބަރު

ޑެލިވަރީގެ ގަޑިތައް ހެނދުނު 6 އިން މެންދަމު 12 އަށް ބަދަލުކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގެ ކޮވިޑްގެ ހާލަތު ކޮންޓްރޯލު ކުރުމަށް ޓަކައި، ފިހާރަތަކާއި ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަނުގެ ޑެލިވަރ ކުރާ ގަޑި ހެނދުނު 6:00 އިން މެންދަމު 12:00އަށް ބަދަލުކޮށްފިއެވެ.

Ads by Sosun Fihaara

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ ޑެލިވަރީގެ ގަޑިތަކަކީ ހެނދުނު 6:00 އިން މެންދަމު 12:00އާ ހަމައަށް ކަމަށެވެ.

"މިހާރު އެޅިފައި މިހުރި ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ކާފިއުގެ ގަޑިތަކުގައި ފިހާރަ ފިހާރައަށް ވަދެ ވިޔަފާރި ކުރާ ނަމަ، ނުވަތަ ކެފޭ ރެސްޓޯރަންޓް ތަކުން ޓޭކްއަވޭ ހަދާކަން ފުލުހުންނަށް ފާހަގަ ކުރެވޭނަމަ އެންމެ މަދުވެގެން 5000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެ" މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް-19 ކޮންޓްރޯލު ކުރުމަށް ޓަކައި މާލެ ސަރަޙައްދުގެ ކާފިއު ގަޑިއަށް ވެސް މިވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން މި ހިނގާ މެއި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ދެ ހަފްތާއަށް މާލެ ސަރަޙައްދުގެ ކާފިއު ގަޑިއަކީ ހަވީރު 4:00 އިން އަނެއް ދުވަހުގެ 8:00 އާ ހަމައަށެވެ.

އަދި، ކާފިއު ނޫން ގަޑިތަކުގައި ވެސް ބޭރުގައި އުޅެވޭނީ ރެސިޑެންޝަލް ޕާމިޓް އޮންނަ ފަރާތްތަކަށް އެކަންޏެވެ. އެއީ ކޮންމެ ގޭބިސީއަކަށް ދެ ފާހެވެ.

މި ފިޔަވަޅުތަކަކީ ރާއްޖޭގައި މިފަހަކަށް އައިސް ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން ދާތީ އަދަދުތައް ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކެކެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާރު ވެސް ރާއްޖެއިން 55،924 މީހުން ވަނީ މި ބައްޔަށް ފައްސި ވެފައެވެ. އަދި މި ބަލީގައި ނިޔާވި މީހުންގެ އަދަދު މިހާރު 137 އަށް އަރާފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!