ވިޔަފާރި

ދިރާގު މަމެން ޑޭޓާ-އެޑްއޮންސް ތަކުން 50% ޑިސްކައުންޓު!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ދިރާގުން މަމެން ޑޭޓާ އެޑް-އޯންސްތަކުން އަނެއްކާ ވެސް ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

Ads by Hajj Corporation

ދިރާގުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މި ޕްރޮމޯޝަންގެ ދަށުން %50 ޑިސްކައުންޓް މަމެންގެ ބައެއް ޑޭޓާ އެޑްއޮންތަކުން 30 ޖޫން 2021ގެ ނިޔަލަށް ލިބިގެން ދާނެ ކަމަށެވެ.

އަދި ޑޭޓާ އެޑް-އޯންސް ނަގަން ބޭނުންވާ ކަސްޓަމަރުން މަމެން މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް "އެޑް-އޮންސް" ޓެބުން ލިބެން ހުންނަ އެޑް-އޯންސްތައް ބަލާލެވޭނެ ކަމަށާއި، އެގޮތުން މަމެން 2ޖީބީ، 3ޖީބީ، 6ޖީބީ އަދި 12ޖީބީގެ އެޑް-އޯންސްތަކުން ޑިސްކައުންޓް ލިބޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ޕެކޭޖްތަކުގެ އަދަދު ދައްކާފައި ހުންނާނީ "އާރބީ" އިން ކަމަށާއި، ޕެކޭޖް ގަތުމާއެކު "އާރބީ"ގެ ބެލެންސުން ކެނޑިގެންދާނެ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ. އަދި ހުރިހާ ކަސްޓަމަރުން ވެސް އެޑްއޯންސް ގަތުމުގެ ކުރިން އެކައުންޓް ބެލެންސް ނުވަތަ ބާކީ ޗެކް ކުރުމަށް ދިރާގުން ވަނީ އިލްތިމާސް ކޮށްފައެވެ. އެގޮތުން އެކައުންޓްގެ ބާކީ ބެލުމަށް މަމެން މޮބައިލް އެޕް ނުވަތަ 727އަށް އެސް. އެމް. އެސް ކޮށްގެން ނުވަރަ *142# އަށް ގުޅައިލައިގެން ބަލާލެވޭނެ ކަމުގައި ބަޔާނުގައި ބުނެފައި ވެއެވެ.  

ދިރާގު މަމެންއަކީ ޒުވާނުންނަށް އަމާޒު ކޮށްގެން ތައާރަފުކުރި އެމީހަކު ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް އަމިއްލައަށް ކަނޑައެޅޭގޮތަށް އުފެއްދި އިންގިލާބީ މޯބައިލް ޕްލޭނަކަށް ވާއިރު، މި މޮބައިލް ޕްލޭންއަކީ ޒުވާނުންގެ މެދުގައި ނުހަނު މަގުބޫލުކަން ހޯދައިފައިވައި އެޕެއްކަން ވެސް ފާހަގަ ކޮށްލެވެއެވެ.

Ads by Ooredoo
  1. ޖުހާ

    ނޮޓް ރިކަަމަންޑް… ފެލާގް…