ރޯގާޖެހި ކަރުގައި ރިއްސާނަމަ ގޭގައި ހޯދިދާނެ ފަސޭހަ ފަރުވާާއެއް!

މި ދުވަސްވަރަކީ ކޮވިޑް-19 މުޅި ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ދުވަސްވަރެކެވެ. އަދި މި ނުރައްކާތެރި ބަލީގައި އެތައް ބަޔަކު ވަނީ ދުނިޔެ ދޫކޮށްފައެވެ. އަދި އެތައް ބަޔަކު އަންނަނީ މި ބައްޔަށް ފަރުވާ ވެސް ހޯދަމުންނެވެ.
ކޮވިޑް-19 ގެ އެންމެ އާންމު އަލާމާތަކީ ހުން އައުމާއި ރޯގާއެވެ. މި ނުރައްކާތެރި ބަލީގެ ތެރޭގައި ރޯގާ ޖެހި ކަރުގައި ރިއްސާކަން ވަރަށް ގިނަ ފަރާތްތަކުން އަންނަނީ ހާމަ ކުރަމުންނެވެ. އެހެންކަމުން ރޯގާއާއި ކަރުގައި ރިއްސުން ހުއްޓުވުމަށް ގޭގައި ހޯދިދާނެ ވަރަށް ފަސޭހަ ފަރުވާއެއް އެބައޮތެވެ.
ސިއްހަތާ ބެހޭ ފަރާތެއްް ކަމަށްވާ "ލޫކް ކޮޓިންހޯ" ނަމަކަށް ކިޔާ މި މީހާ ވަނީ މި ބުއިން ތައްޔާރު ކުރާނެ ގޮތާއި ބުއިން ހުންނާނެ ގޮތުގެ ފޮޓޯއެއް އިންސްޓަގުރާމުގައި ހިއްސާ ކޮށްފައެވެ.

އިންސްޓަގުރާމުގައި ލޫކް ހިއްސާކޮށްފައިވާ ފޮޓޯ
މި ބުއިން ތައްޔާރު ކުރުމަށް ބޭނުންވާނީ:
- ފޮނިތޮށި
- އަންދާލައިފައިވާ ލުނބޮއެއް
- ރީތި ލުނބޮއެއް
- ކާފޫރުތޮޅި
- ހޫނު ފެން
- ކަރަންފޫ
މި ބުއިން ތައްޔާރު ކުރުމަށް ޓަކަައި މާ ބޮޑު މަސައްކަތްތަކެއް ކުރާކަށް ނުޖެހެއެވެ. ޖޯޑެއްގެ ފެން ހޫނުކުރަން ލުމަށް ފަހު ބޭނުންވާ ހުރިހާ ސާމާނެއްް އެ ފެނުގެ ތެރެއަށް އަޅާލާށެވެ. އަދި ރަނގަޅަށް ފެންގަނޑަށް ކުލައާއި ވަސް އަންނަން ދެން ކައްކާލާށެވެ. އެއަށްފަހު ފުރާނައިލައިގެން އެ ފެންތަށި ތާފަނާކަން މަތީގައި ބޯލާށެވެ. ހަފްތާއެއް ތެރޭގައި ރޯގާއާއި ކަރުގައި ރިހުން އެއްކޮށް ކެނޑިގެން ދާނޭ ކަމަށް އޭނާ ބުނެެފައި ވެއެވެ