ޚަބަރު ދުނިޔެ

ލަންކާއިން ކޮވިޑްގެ ދިފާއުގައި އެޅި ބައެއް ފިޔަވަޅުތަކަށް ލުއި ދެނީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކޮވިޑް 19 ރައްކާތެރިވުމުގެ ގޮތުން ލަންކާގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިދޭން އެގައުމުން ނިންމައިފިއެވެ.

Ads by WAMCO
Ads by Hajj Corporation

އެގޮތުން އިންޑިއާ ފިޔަވައި އެހެން ގައުމުތަކަށް ލުއި ދޭނެކަމަށް ލަންކާއިން ވަނީ އިއުލާނުކޮށްފައެވެ.

ލަންކާއިން ދޭން ފަށާ ލުއިތައް ދޭން ފަށާނީ އަންނަ ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. އަލަށް ދީފައިވާ ލުއިތަކުގެ ދަށުން މި މެއި މަހުގެ 31 ވަނަ ދުވަހުން ފެށިގެން އެގައުމަށް ދާ އެންމެން 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަންޖެހެއެވެ. ކަރަންޓީންވާން ޖެހޭނީ ލަންކާ ސަރުކާރުން ކަނޑައަޅާ ކަރަންޓީން ހޮޓަލެއް ނުވަތަ ސެންޓަރެއް ނުވަތަ ރައްކާތެރިކަމަށް ކަނޑައަޅާފައިވާ ލެވެލް 1ގެ ހޮޓަލެއްގައެވެ. އެ ގައުމަށް ދަތުރުކުރާ 12 އަހަރުން މަތީގެ ހުރިހާ ކުދިންނާއި މީހުން 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރުމަށް ފަހު ދޫކުރެވޭނީ، އެ ގައުމަށް ދަތުރުކުރާ ފުރަތަމަ ދުވަހު ހަދާ "އޮން އެރައިވަލް ޕީސީއާރް" ޓެސްޓާއި، ކަރަންޓީނުގެ 11 ވަނަ ދުވަހާއި 14 ވަނަ ދުވަހާ ދެމެދު ހަދާ "އެގްޒިޓް ޕީސީއާރް" ޓެސްޓުގެ ނަތީޖާ ނެގެޓިވް ވުމުން ކަމަށް ވަނީ އަންގައިފައެވެ. އެރައިވަލް އަދި އެގްޒިޓް ޕީސީއާރް ހަދަން ނުޖެހޭނީ ދެ އަހަރުން ދަށުގެ ކުދިންނަށް އެކަންޏެވެ. ކަރަންޓީން ކުރުމުގެ އުސޫލަށް މިގޮތަށް ބަދަލު ގެނެސްފައި ވީނަމަވެސް، ކްރިޓިކަލް ފަރުވާއަށް ގޮސް ހޮސްޕިޓަލުގައި ކަރަންޓީންވާން އެދޭ މީހުން، ހޮސްޕިޓަލާއި ސްރީލަންކާގެ ހެލްތް މިނިސްޓްރީގެ ޚާއްސަ ހުއްދައިގެ ދަށުން، ބޭސްފަރުވާއަށް ދަތުރުކުރުމުގެ ފުރުސަތު ކުރިއެކޭ އެއްގޮތަށް މި މުއްދަތުގައި ވެސް ފަހިވެފައި އޮންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ގިނަ އަދަދެއްގެ ދިވެހިން ވެސް ދިރިއުޅެމުންދާ ލަންކާއިން އެގައުމުގެ ބޯޑަރު ބަންދުކުރުމަށް ފަހު ކަރަންޓީނާ އެކު އެގައުމަށް، އިންޑިޔާ ނޫން އެހެންގައުމުތަކުގެ މީހުންނަށް އެތެރެވެވޭ ގޮތަށް ލުއި ދޭން ނިންމާފައިވާއިރު، މި ލުއިތަކަކީ ދިވެހިންނަށް ލިބޭނޭ ލުއިތަކެއްކަން ފާހަގަކުރެވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!