ޚަބަރު މެދުއިރުމަތި

ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށް ރިއަލް މެޑްރިޑް ފޭންސް ގުރޫޕުން ޓީޝާޓު ވިއްކަނީ!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ރާއްޖޭގެ ރިއަލްމެޑްރިޑް ފޭންސް ގުރޫޕުން ޓީޝާޓު ވިއްކަން ފަށައިފިއެވެ.

Ads by Sosun Fihaara

މިކަން އިންތިޒާމު ކުރާ ފަރާތުން ބުނީ ދިވެހިރާއްޖޭގައި ގިނަ އަދަދެއްގެ ރިއަލްމެޑްރިޑް ސަޕޯޓަރުން އުޅޭ ކަމަށާއި އަދި އެ ސަޕޯޓާސް ކޮމިއުނިޓީއަކީ އާންމު ދިރިއުޅުމުގައި ވެސް އެކަކު އަނެކަކަށް ދިމާވާ ކަންކަމުގައި އެހީތެރިވާ ބައެއް ކަމަށެވެ. އެހެންކަމުން ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލަން ބޭނުންވީ ކަމަށެވެ.

"ޓީޝާޓް ވިއްކުމުގެ އިތުރުން ވެސް އަޅުގަނޑުމެން ފަންޑް ރައިޒް ކުރަމުން މި ދަނީ، ޖޫން 5ގައި އަޅުގަނޑުމެންނަށް ލިބިފައިވާ އެހީ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންއާ ހަވާލު ކުރެވޭނެ. އެބޭފުޅުން ވަނީ ފަލަސްތީނަށް އެހީ ފޯރު ކޮށްދިނުމުގެ މުއްދަތު ޖޫން 5އާ ހަމައަށް އިތުރު ކޮށްފަ" މި އިވެންޓް އިންތިޒާމު ކުރާ ފަރާތުން ބުންޏެވެ.

ރިއަލް މެޑްރިޑް ފޭންސް ގުރޫޕުން ވިއްކާ ޓީޝާޓުގެ އަގަކީ 300 ރުފިޔާއެވެ. ޓީޝާޓެއް ބައްލަވައިގަންނަވަން ބޭނުންފުޅުވާނަމަ 998722 ނުވަތަ 9848401އަށް ގުޅުއްވުމުން ޑެލިވާ ވެސް ކޮށްދޭނެ ކަމުގައި އެ ފަރާތުން ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!