މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ
 
                                                    މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މާލެ ހުވަފެނީ ގޯޅީގައި ބާއްވާފައި އޮތް ގާޑިއަލެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ޖެހި އެކްސިޑެންޓު ވެފައިވާ ކަމުގެ މައުލޫމާތު މިރޭ 22:00 ގައި ލިބިފައިވާކަމަށެވެ.
މި އެކްސިޑެންޓުގައި އަނިޔާވި ސައިކަލުގެ ފަހަތުގައި އިން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، ސައިކަލު ދުއްވި މީހާ އެ ސަރަހައްދުގައި މަޑުނުކޮށް ގޮސްފައިވާކަމަށް ބެލެވޭ ކަމަށެވެ.
އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓުގައި އަނިޔާވެ، އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ އުމުރުން 22 އަހަރުގެ ޒުވާނެކެވެ.
 
  
  
  
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
