ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރަކަށް ބޭރު ބޭފުޅަކު ، ޖަމީލުގެ ފާޑުކިޔުން!
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އެޑްވައިޒަރަކަށް ބޭރު ބޭފުޅަކު އައްޔަން ކުރެއްވުމުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު އެކަމަށް ފާޑު ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމަށް އައްޔަން ކުރައްވައިފައި ވަނީ ވޯލްޑް ބޭންކުގެ އެކްޓިން ޗީފް އިކޮނޮމިސްޓުގެ މަގާމުގެ އިތުރުން ޑިވެލޮޕްމަންޓް އިކޮނޮމިކްސްގެ ސީނިއާ ޑިރެކްޓަރުގެ މަގާމު އަދާކޮށްފައިވާ ސްރީލަންކާއަށް އުފަން ޑރ. ޝާންތާ ޑެވަރަޖަން ނަމަކަށް ކިޔާ ބޭފުޅެކެވެ. ޑރ. ޝާންތާ މަގާމާ ހަވާލުވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ޑރ. ޝާންތާ މަގާމާ ހަވާލުވުމުން ޑރ ޖަމީލް ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ. މިގޮތުން ޖަމީލް ކުރެއްވި ޓްވީޓެއްގައި ވަނީ ކޮންމެ ކަމަކަށް ޑަބަލްކޮށް ޚަރަދު ކުރުމަކީ ހެޔޮވެރިކަންތޯ ސުވާލު ކުރައްވާފައެވެ “ތަޙްގީގުކުރަން އައްބާސް ކިޔާ އިނގިރޭސިއެއް. އެއަޕޯރޓް ހިންގަން ބޭރުމީހެއް. ބޭންކު ހިންގަން ބޭރުމީހެއް. އެންމެފަހުން ފިނޭންސް މިނިސްޓްރީ ހިންގަން ބޭރު މީހެއް. ބޮޑުމުސާރަދީ މިހުރިހާކަމެއް ނުކޮށް މައި ސޯބު ބަދަލު ކުރަން ވީ ނޫންތޯ؟ ކޮންމެ ކަމަކަށް ޑަބަލްކޮށް ޚަރަދުކުރުން ހެޔޮވެރިކަން؟” ޑރ. ޖަމީލްގެ ޓްވީޓްގައި ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައި ވާގޮތުގައި ޑރ. ޝާންތާ ހިދުމަތަށް ދައުލަތުގެ ބަޖެޓެއް އެއްވެސް ހަރަދެއް ނުކުރާނެ އެވެ. އޭނާ މަސައްކަތް ކުރާނީ އުޖޫރައެއް ނުނަގައި ކަމަށާއި، އޭނާގެ އެއާ ޓިކެޓާއި އެކޮމަޑޭޝަން ހަމަޖައްސައިދެނީ އެކުވެރި ޖަމިއްޔާ ޖަމާއަތްތަކުން ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މަޢުލޫމާތަށް ޓަކައި ދަންނަވާލަމެވެ. ރައީސް މައުމޫނުގެ ވެރިކަމުގެ ފަހުކޮޅު އަލްއުސްތާޛު މުޙައްމަދު ޖަމީލު އަޙްމަދު ޖަސްޓިސް މިނިސްޓަރަކަށް ހުންނެވިއިރު، މަޖިލީހުން އާ ޤާނޫނު އަސާސީއެއް ޑްރާފްޓް ކުރަމުންދިޔައިރު، ޖަސްޓިސް މިނިސްޓްރީއަށް ކޮންސަލްޓަންޓެއްގެ ގޮތުން މެލޭޝިޔާގެ ޚަބީރަކު(އެކްސްޕާރޓަކު) ގެނައެވެ. އެ ބޭފުޅާގެ މަސައްކަތަކަށްވީ އާ ޤާނޫނު އަސާސީގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމާ، އުސްތާޛު ޖަމީލުގެ ޕީ.އެޗް.ޑީ ތީސީސް ތައްޔާރުކުރުމުގެ މަސައްކަތެވެ.
މުސާރަ ދިނީ ދިވެހި ސަރުކާރުންނެވެ. އެހެންވީމާ، މިއަދު މިކަމާ ފާޑުކިއަން ވަރަށް ޖާއިޒެވެ.
ކަލޭތީ މިޤައުމުގެ ނައިބު ރައީސްކަން ދިނީމަވެސް ދެދުވަހުކޮއްލާފަ ނުވާނެއޭ ކިޔާފައި މިޤައުމުދޫކޮށް އިގިރޭސިވިލާތަށް ދިޔަމީހެއް.. އެހެންވީމަ އޯކޭއެއްނު ބޭރުމީހަކަށް ދިނަސް..
މަލިކު މީހުން ނަށް ހެދިހެން ދިވެހިންނަށް އަންގާނީ ބަނގުރާ ބޮއިފަ ގެރިމަސް ނުކާން ގެރި ގޮރު ސރުކާރު…