ޚަބަރު

ހިޔާ ފްލެޓްގެ އަގު ބޮޑު، ކުޑަ ކުރަން އެޗްޑީސީއާ އެކު މަޝްވަރާ ކުރަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

"ހިޔާ" ފްލެޓަށް މަހަކު ދައްކަން ޖެހޭ ކުލީގެ އަގު ކުޑަކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ބައްދަލުވުންތަކެއް ބާއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

Ads by MWSC

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ މަހަކު ދައްކަން ކަނޑައަޅައިފައިވާ 8500ރ. އެއަށް ވުރެ ކުޑަ ކުރުމަށް ރައީސް އަރިހުން އެދިވަޑައިގަންނަވައިފައި ވާނެކަމަށެވެ.

އަދި ސިޓީ ކައުންސިލާއި ރައީސް އޮފީސް އަދި އެޗްޑީސީ ގުޅިގެން މަޝްވަރާތަކެއް ފައްޓަވާނެ ކަމަށާއި އުންމީދު ކުރައްވަނީ ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބުނު ފަރާތްތަކަށް ކުލީގެ ގޮތުގައި ދައްކަންޖެހޭ އަގު ކުޑަ ވެގެން ދިޔުން ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިޔާ ފްލެޓްގެ ކުލީގެ ގޮތުގައި ދައްކަން ކަނޑައަޅާފައި ވާނީ 5،500ރ. ކަމަށެވެ.

އެޗްޑީސީން މިހާރު ނިންމަވައިފައި ވަނީ ހިޔާ ފްލެޓަށް މަހަކު 7,500ރ ދައްކާގޮތަށެވެ. އަދި ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1,000ރ. ނަގާ ގޮތަށް ވެސް ހަމަޖެހިފައިވާ ކަމަށް އެޗްޑީސިން ވިދާޅުވެއެވެ. ނަމަވެސް، ފުލެޓު އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 3 މަސްދުވަހުގެ މުއްދަތަކީ އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭ މުއްދަތެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައިފައި ވާ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މީގެ ކުރިން ވިދާޅުވީ ފްލެޓަށް ޑައުންޕޭމަންޓް ނުދައްކާ، 25 އަހަރަށް ކުލި ބަހާލާނެ ފުރުސަތު ވެސް ލިބޭނެ ކަމަށާއި އެ އޮޕްޝަންގެ ދަށުން މަހަކަށް ޖެހޭނީ 7500 ރުފިޔާ ކަމަށެވެ. އަސްލަމް އޭރު ވިދާޅުވީ 7500 ރުފިޔާއަކީ ހިޔާ ފްލެޓަށް ދައްކަން ޖެހޭ އެންމެ ބޮޑު ކުލި ކަމަށެވެ. އަދި ހިޔާ ފްލެޓުގެ އަސްލު އަގާ އަޅާ ބަލާއިރު، މިއީ ކުޑަ އަގެއް ކަމަށް ވެސް ވިދާޅުވިއެވެ.

Ads by Allied Insurance
  1. އިބްރާ

    ސާބަހޭ މޭޔަރ