ލައިފްސްޓައިލް

ބޮލުގައި ރިއްސަނީތަ؟ މިހުރީ ގެއިން ހޯދިދާނެ ފަރުވާ!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ބޮލުގައި ރިއްސުމަކީ ގިނަ ބަޔަކު ތަހައްމަލު ކުރަމުން ގެންދާ ބައްޔެކެވެ. ބައެއް ފަހަރު ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުގެ ސަބަބުން ވެސް ބޮލުގައި ރިއްސުމަށް މަގުފަހިވެއެވެ.

Ads by STELCO

ބޮލުގައި ރިހުމަކީ ބޮޑު އަދި ނުރައްކާތެރި ބައްޔެއްގެ އަލާމާތަކަށް ވެސް ވެދާނެއެވެ. ނޫނީ މާބޮޑަށް ކަންކަމާއި ވިސްނުމާއި ހަށިގަނޑަށް ބޭނުންވާ މިނަރަލް މަދުވުމުން ވެސް ބޮލުގައި ރިހުމަށް މަގުފަހިވެއެވެ.

ޝައްކެއް ވެސް ނެތެވެ. ވަޒީފާގެ މާހައުލުގައި މާ ބުރަކޮށް މަސައްކަތް ކުރާތީ ނުވަތަ ގޭތެރޭގައި އާއިލާ ބެލެހެއްޓުމުގައި މާ ބުރަކޮށް އުޅެން ޖެހޭތީ ބޮލުގައި ރިއްސާ މީހުން ބޭނުންވާނީ ގޭތެރެއިން އެރިހުމަށް ފަރުވާ ލިބުމެވެ.

ތިރީގައި ފާހަގަކޮށްލާފައި އެވަނީ ބޮލުގެ ރިހުމަށް ގޭތެރެއިން ހޯދިދާނެ ބައެއް ފަރުވާއެވެ.

އިނގުރު: އިނގުރަކީ އެތައް ބައްޔެއްގެ ފަރުވާއަށް ބޭނުން ކުރާ އެއްޗެކެވެ. ހަމައެއާއެކު އެއީ ބޮލުގައި ރިހުމަށް ފަރުވާއަކަށް ވަރަށް ގިނަ މީހުން ބޭނުން ކުރަމުން އަންނަ އެއްޗެކެވެ. ބޮލުގައި ރިހުމަށް ލުއި ހޯދުމަށް އިނގުރު ހިމުން ކޮށްގެން ޕޭސްޓް ހަދައިގެން ނިއްކުރީގައި އުނގުޅައިގެން ވެސް ބޭނުން ކުރެވިދާނެއެވެ. ނުވަތަ އިނގުރު ދިޔަ އާއި ލުނބޯ ހުތް އެއްކޮށްލުމަށް ފަހު  ބޭނުން ކުރެވިދާނެއެވެ. މި ދެގޮތުން ތެރެއިން ކޮންމެ ގޮތަކަށް އިނގުރު ބޭނުން ކުރި ނަމަވެސް ބޮލުގެ ރިހުމަށް ވަރަށް އަވަހަށް ލުއި ލިބޭނެއެވެ.

ކަރަންފޫ: ކަރަންފުލަކީ ވެސް ބޮލުގެ ރިހުމަށް ފަސޭހައިން ލުއި ކޮށްދިނުމުގައި މުހިންމު ރޯލެއް ކުޅޭ އެއްޗެކެެވެ. އެގޮތުން ބޮލުގައި ރިއްސާނަމަ ދެތިން ކަރަންފޫ ހަފާލައިގެން ކާވެސް ލެވިދާނެއެވެ. ނުވަތަ ކަރަންފޫ ތަކެއް ފުނޑުކޮށްފަ ފޮތިކޮޅަކަށް އަޅައިގެން އޭގެ ހުންނަ ވަސް ބެލުމުން ވެސް ބޮލުގައި ރިހުމަށް ލުއި ލިބިދެއެވެ. ގަވައިދުން ބޮލުގައި ރިއްސާ މީހުންނަށް ތަންތަނަށް ދާއިރު، ދަބަސް ތެރެއަށް ކަރަންފޫ ފުނޑުކޮށްގެން ފޮތިކޮޅަކަށް އަޅައިގެން ގެންދެވިދާނެއެވެ. މިހެން ހެދުމުން ބޮލުގައި ރިއްސަން ފެށުމުން އޭގެ ވަސް ބެލުމުން އަވަހަށް ލުއި ލިބޭނެއެވެ.

ބެސިލް ނުވަތަ މިންޓް ލީވްސް: މި ފަތްތަކަކީ ވެސް ބޮލުގެ ރިހުމަށް ފަރުވާ ހޯދުމަށް ބޭނުން ކުރާ އެއްޗެކެވެ. އެގޮތުން، ބޮލުގައި ރިއްސަން ފެށުމުން ބެސިލް ލީވްސްގެ ސައި ބޮވިދާނެއެވެ. އޭރުން ބޮލުގައި ރިހުމަށް ފަރުވާ ލިބޭނެއެވެ. ބެސިލް ލީވްސް އިން ސައި ހަދާނެ ގޮތަކީ ފުރަތަމަ ހަތަރު ވަރަކަށް ބެސިލް ލީވްސް ފެންކޮޅެއްގައި ކައްކާނީއެވެ. އެއަށްފަހު، އެ ކެއްކި ފެންފޮދު ފުރާނާލުމަށް ފަހު އޭގެ ތެރެއަށް މާމުއި އަޅައިގެން އެއްކުރާނީއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!