މިއަދުވެސް ދުވަސް ފެށުނީ ކޮވިޑް-19ގެ މަރަކާއެކު، ޖުމުލަ އަދަދު 152އަށް

ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ނިޔާވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ 54 އަހަރުގެ މީހެކެވެ.
މިއީ މި ބަލީގައި މި މަހު ރާއްޖެއިން ދުނިޔެ ދޫކުރި 79ވަނަ މީހާއެވެ. އަދި ކޮވިޑް ބަލީގައި ރާއްޖެއިން ނިޔާޥި 152ވަނަ މީހާއެވެ.
ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. ހަމަ އެ ފަދައިން މި ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް ދަނީ އެތައް ގުނައެއް އިތުރުވަމުންނެވެ.