ޚަބަރު

"ކާމިޔާބަށް އެދި ގޮވަނީ މިސްކިތުން، އެތަން ބަންދުކޮށްފައި ކޮންކަމެއް ހާސިލް ކުރަން މިއުޅެނީ"

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ކޮވިޑް19އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން މިސްކިތްތައް ބަންދު ކުރުމުން ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ފާޑު ވިދާޅުވެއްޖެއެވެ.

Ads by MWSC

މޮސްޓާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކާމިޔާބަށް އެދި ގޮވަނީ މިސްކިތުން ކަމަށާއި ﷲގެ ގެކޮޅުތަކަށް ވުރެ ރައްކާތެރި އެހެން ތަނެއް މި ބިންމަތީގައި ނުވާނެ ކަމަށެވެ.

"ކާމިޔާބީއާއި ފަލާޙަށް އެދި ގޮވަނީ މިސްކިތުން ،އެކަން އެނގޭ އިރު ވެސް މިސްކިތް ބަންދުކޮށްފައި ދެން ކޮންކަމެއްބާ ހާޞިލް ކުރުމަށް މިއުޅެނީ ..ﷲގެ ގެކޮޅުތަކަށް ވުރެން ރައްކާތެރި އެހެންތަނެއް މި ބިންމަތީގައި ނުވާނެ" މޮސްޓާ ވިދާޅުވިއެވެ.

މޮސްޓާ ވަނީ ޖަމާޢަތުގެ ނަމާދަށް ހުރަސް ނޭޅުމަށް ވެސް ގޮވައިލައްވައިފައެވެ.

ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން މިސްކިތުގެ ޖަމާޢަތްތައް ހުއްޓައިލުމުގެ އިތުރުން މިސްކިތްތައް ބަންދުކޮށް މިސްކިތްތައް ކައިރީގައި ފުލުހުން ފޯރި މަރާތީ އެކަމާ އާންމުގެ ގިނަ ބަޔަކު ވެސް މީސްމީޑިއާގައި ފާޑު ކިޔަމުން ދެއެވެ.

  1. ށަލިމް

    މިސްކިތް ހުޅުވާ ދެއްވާ

  2. ސަޢީދާ

    މިސްކިތުގައިވެސް ގާދުރުކަން ބާއްވައިގެން ނަމާދުކުރެވޭކަން ސައުދީއަރަބިޔާގެ ހަރަމްފުޅުން އެދަނީ ފެންނަމުން، ދީނަށް އިސްކަންދީ މި ފަނާވަނިވި ދުނިޔެއިން އިބްރަތެއް ޙާޞިލްކުރުން މުހިންމު. ޜާއްޖޭގެ ރައްޔިތުންމަށް ހެޔޮވިސްނުން ދެއްވާ ދުނިޔެއާ އާޚިރަތުގެ ބާއްޖަވެރިކަން ދެއްވާށި!