ޚަބަރު ރައްޔިތުންގެ މަޖިލިސް

ޕީޖީގެ ވަކީލު ޝަފީއުއާ ގުޅޭ ކުއްލި މައްސަލައެއް މަޖިލީހަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނާ މައްސަލަ އާއި ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

Ads by STELCO

މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން މޮސްޓާ ވިދާޅުވީ ޕީޖީ އޮފީހުން މިފަދަ ކުށްތަކުގައި ދައުވާ ކުރަނީ ލުއި އަދަބުތަކެއް ލިބޭ ގޮތަށް ކަމަށާއި އެހެން އެވަނީ ޕީޖީ އޮފީހުގައިވެސް އެފަދަ މީހުން ތިބުމުން ކަމަށް މިއަދު އެނގިގެންދާ ކަމަށެވެ.

މޮސްޓާ ވަނީ އިސްލާމް ދީނާއި ރާއްޖޭގެ އާންމު މިންގަނޑާ ހިލާފު މަންޒަރުތައް ފެންނަ ވީޑިއޯއެއް ދައުރުވަމުންދާތީ، ޝަރީއަތުން ކަނޑައަޅާފައިވާ އަދަބު ވީޑިއޯއިން ފެންނަ ފަރާތްތަކަށް ދިނުމަށް ގޮވާލާފައެވެ.

މި މައްސަަލަ މަޖިލީހުން ބަލައިގަތުމަށް 18 މެމްބަރުން ވޯޓު ދިނެވެ. މައްސަލަ ބަލައިނުގަތުމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!