ޚަބަރު

އަދަދުތައް އެބަ ދަށްވޭ، މިއަދު ރާއްޖެއިން ކޮވިޑް-19އަށް ފައްސިވީ 780 މީހުން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖެއިން މިއަދު އިތުރު 780 މީހުން ކޮވިޑް-19އަށް ފައްސި ވެެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by Sosun Fihaara

އެޗްޕީއޭގެ ހިސާބުތަކުން ދައްކައި ގޮތުގައި މިއަދު މާލެއިން ފައްސިވީ 571 މީހުންނެވެ. އަތޮޅުތެރެއިން މި ބައްޔަށް ފައްސިވީ 205 މީހުންނެވެ. އަދި ހިންގަމުން އަންނަ ރިސޯޓުތަކުން 4 މީހުން ފައްސިވިއެވެ.

މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 63،686 މީހުންނެވެ.

ބަލިން ފަސޭހަވެފައި ވަނީ 39،314 މީހުންނެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 158 މީހުން ނިޔާވެފައި ވެއެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 218 މީހުންނެވެ.

މި ފަހަކަށް އައިސް ކޮވިޑް-19 އަށް ރާއްޖެއިން ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އަދި މި ބަލީގައި ރާއްޖެ އިން ނިޔާވާ މީހުންގެ އަދަދު ވެސް އިތުރުވަމުން އަންނަކަން ފާހަގަ ވެއެވެ.

ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށްޓަކައި އެޗްޕީއޭ އިން މިހާރު ވަނީ ކުރިން އެޅި ބައެއް ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. އެގޮތުން މާލެ ސަރަޙައްދުގައި ހަވީރު 4:00 އިން އަނެއް ދުވަހުގެ ހެނދުނު 8:00 އަށް ވަނީ ކާފިއު އިއުލާނު ކޮށްފައެވެ. އަދި ކާފިއު ނޫން ގަޑިތަކުގައި ވެސް ގެއިން ބޭރަށް ނުކުމެވެނީ ބޭރަށް ނުކުތުމުގެ ހުއްދަ ދީފައިވާ ފަރާތްތަކަށް އެކަންޏެވެ.

Ads by HDC
  1. ގަމު މީހާ

    ދެން އައް ހަމަ ސާބަސް.. އަދަދުތައް ދަށައް ޖެހިލާއިރައް އާއެބަ ދައްވޭ، މައްޗައް ޖެހިލާއަރައް އޯނޯ އަދިވެސް ދަށަކައް ނުދެޔޯ.. ދައްވިކަމައް ބެލޭނީ އެންމެ ދުވަހަކުން ނޫން، ހަފުތާއެއްހާ ދުވަހައް ބަލާއިރު ދައްވެލީމަ އެންމެ ރަނގަޅު އަދަދުތައް ދައްވަނީއޭ ލިޔަން.. ކޮވިޑް19 ގެ ހަބަރެއް ވެއްޖެޔާ ލިޔެފަ އޮންނަ އެއްޗެއް ކޮޕީ ކޮއްލާފަ ފެށުމާ އަދަދުތައް ބދަލުވަނީ، މައަގަނޑު އަދި ނިމުން އިންނަނީ އެއްގޮތަށް..