ވިޔަފާރި

ޓޫރިސްޓުން ރާއްޖޭގައި ތިބޭ މުއްދަތު އިތުރުވުމުން އާމްދަނީއަށް 28 މިލިއަން ޑޮލަރުގެ ކުރިއެރުމެއް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ޓޫރިސްޓުން ރާއްޖޭގައި ތިބޭ މުއްދަތު އިތުރުވެ ޓޫރިޒަމް ސިނާއަތަށް ލިބޭ އާމްދަނީއަށް 28 މިލިއަން ޑޮލަރުގެ ކުރިއެރުމެއް އައިސްފިއެވެ.

Ads by Sosun Fihaara

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މި އަހަރުގެ ފުރަތަމަ ކްއާޓާގެ ކުއާޓަރީ ބްލެޓިންގައިވާ ގޮތުން ކުރިން އެވްރެޖުކޮށް 7.6 ދުވަހު ރާއްޖޭގައި ޓޫރިސްޓުން ތިބި ނަމަވެސް މިހާރު 8.9 ދުވަހަށް ވަނީ އިތުރުވެފަ އެވެ. މި އިތުރުވުމާ އެކު ޓޫރިޒަމް އާމްދަނީއަށް ފަސް ޕަސެންޓް އިތުރުވެ، 28 މިލިއަން ޑޮލަރު ގެ އިތުރުވުމެއް ވަނީ ފާހަގަ ކުރެވިފައެވެ. މިއާ އެކު ޓޫރިޒަމަށް 613 މިލިއަން ޑޮލަރު ގެ އާމްދަނީއެއް ވަނީ ލިބިފައެވެ.

ކޮވިޑް-19އަށް ފަހު ދުނިޔެ ހުޅުވަމުން ދިޔައިރު އެކި ގައުމުތަކުގެ ބޯޑަރުގައި ހުރި ދަތިތަކާ އެކު ރާއްޖެ އައި ޓޫރިސްޓުން ރާއްޖޭގައި ތިބޭ މުއްދަތު އިތުުރު ކުރިއެވެ. ނަތީޖާއަކަށްވީ ބޯޑަރު ހުޅުވުމަށް ފަހު އައި ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރި މުއްދަތު އިތުރުވެ، ބެޑް ނައިޓަށް އައި ކުރިއެރުން ލިބުމެވެ.

ޓޫރިޒަމްގެ އާމްދަނީއަށް އައި އިތުރުވުމާއެކު ދައުލަތަށް ލިބުނު އާމްދަނީ ވެސް ވަނީ ބޮޑުތަން މަތިވެފައެވެ.  ރާއްޖޭގެ ޓޫރިޒަމް ހަމައަކަށް އެޅި ކޮވިޑްގެ ކުރިން އޮތް ހާލަތަށް ދާން އަދި ދުވަސްނަގާނެކަމަށް މިނިސްޓަރ އިބްރާހިމް އަމީރު ލަފާކޮށްފައިވީ ނަމަވެސް މިނިސްޓަރ ވިދާޅުވީ 2022 ވަނަ އަހަރު ޓޫރިޒަމް ހަމައަކަށް އެޅޭނެކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!