އިތުރު މަރަކާ އެކު ނިޔާވި މީހުންގެ އަދަދު 160އަށް

ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު ދިވެއްސަކު މިއަދު ނިޔާވެއްޖެއެވެ.
"ދެން" އަށް އެނގިފައިވާ ގޮތުގައި ވަނީ ނިޔާވެފައި ވަނީ އުމުރުން 52 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަކީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11ގައި ފަރުވާ ހޯދަމުން ދިޔަ މީހެއްކަން ވެސް ވަނީ އެނގިފައެވެ.
މިއީ ރާއްޖެއިން މި ބަލީގައި ނިޔާވި 160 ވަނަ މީހާއެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون