ހާއްސަ އޮފަރތަކަކާ އެކު އުރީދޫއިން ގޭގައި ތިބުން އިތުރަށް ފަސޭހަކޮށްދީފި
ކޮވިޑް-19އާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، އުރީދޫ މޯލްޑިވްސްއިން އަނެއްކާ ވެސް ޚާއްޞަ އޮފަރތަކެއް ތައާރަފްކޮށްފިއެވެ.
މި ފެށޭ ޖޫން މަހުގެ 2ވަނަ ދުވަހުން ފެށިގެން އުރީދޫ ޕޯސްޓްޕެއިޑް، ޕްރިޕެއިޑް އަދި ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ލިބޭ މި ޚާއްޞަ އޮފަރތަކާ އެކު، ގޭގައި ތިބެގެން އާއިލާއާއި ރައްޓެހިންނާ ގުޅުން ބަދަހިކޮށް، އެހެނިހެން ޑިޖިޓަލް ޚިދުމަތްތައް ވެސް ބޭނުންކުރުމުގައި ލުޔެއް ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.
އުރީދޫ މޯލްޑިވްސްއިން މި ޚާއްޞަ އޮފަރތައް އަލުން ފޯރުކޮށްދިނުމަށް ނިންމައިފައި ވަނީ މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް މެދުކެނޑުމެއް ނެތް ފެންވަރު ރަނގަޅު އިންޓަނެޓްގެ ޚިދުމަތެއް ލިބުމަކީ މުހިންމުކަމެއް ކަމުގައި ދެކިގެންނެވެ.
"ކޮވިޑް-19 ޕެންޑެމިކް ފެށުނީއްސުރެ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށާއި، މުޖުތަމައުއަށް އަދި އަޅުގަނޑުމެންގެ ޓީމަށް ވެސް އުރީދޫ މޯލްޑިވްސްއިން ދަނީ އެކި ގޮތްގޮތުން އެހީ ފޯރުކޮށްދެމުންނެވެ. އެގޮތުން މިއަދު އަޅުގަނޑުމެން އަނެއްކާ ވެސް އާ ރާޅަކާ ކުރިމަތިލަމުންދާ ހިނދު މި ލޯންޗު ކުރެވުނު ޚާއްޞަ އޮފަރތަކާ އެކު އަޅުގަނޑުމެންގެ އުންމީދަކީ އެކަކު އަނެކަކާ ގުޅުވާލަދީ ރައްކާތެރިކަމާ އެކު ގޭގައި ތިބުމަށް ލުޔެއް ލިބިގެންދިއުން." އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ، ހުސެއިން ނިޔާޒް ވިދާޅުވިއެވެ.
2 ޖޫން 2021 އިން ފެށިގެން ލިބިވަޑައިގަންނަވާ ޚާއްޞަ އޮފަރތައް:
- ސުޕަރނެޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %50އާ ހަމައަށް އިތުރު ޑޭޓާ
- ފަސޭހަ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %30އާ ހަމައަށް އިތުރު ޑޭޓާ
- ޕްރިޕެއިޑް ޑެއިލީ އަދި ވީކްލީ ޑޭޓާ އެޑް-އޮންސް ނަންގަވާ ފަރާތްތަކަށް %200އާ ހަމައަށް އިތުރު ޑޭޓާ ލިބުން. މި އެޑް-އޮންތައް މިހާރު 'ވަރަށް ތަފާތު'، 'އެކު ޕޯސްޓްޕެއިޑް' އަދި 'އާޗާ ޕޯސްޓްޕެއިޑް' ގެންގުޅުއްވާ ފަރާތްތަކަށް ވެސް ލިބިވަޑައިގަންނަވާނެއެވެ.
- ޕޯސްޓްޕެއިޑް މަންތްލީ ޑޭޓާ ނަންގަވާ ފަރާތްތަކަށް %50އާ ހަމައަށް އިތުރު ޑޭޓާ
- ސޯޝަލް މީޑިއާއަށް، ގޭމް ކުޅުމަށް އަދި އޮންލައިން ސްޓްރީމިންގއަށް ޚާއްޞަ ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ޕެކްތަކަށް %100އާ ހަމައަށް އިތުރު ޑޭޓާ
- 2 ޖޫން 2021 ގެ ކުރިން ތިބި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވައިބަރ މެދުވެރިކޮށް ހިލޭ މެސެޖު ފޮނުވުން
- ޕްރިޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑިޕޮސިޓަކާ ނުލައި މިހާރު 'އެކު ޕޯސްޓްޕެއިޑް'، 'ތަފާތު ޕޯސްޓްޕެއިޑް' އަދި 'އާޗާ ޕޯސްޓްޕެއިޑް'އަކަށް ވެސް އަޕްގްރޭޑްކޮށްލެވޭނެއެވެ.
- އާޗާ 1ޖީބީ/ޑޭ ޕްލޭންސްއަށް 2 ގުނަ ޑޭޓާ، މިގޮތުން ދުވާލަކު 2ޖީބި ލިބިގެންދާނެ
- މަގޭ ޕްލޭން އެކްސްކްލޫސިވް އޮފަރއާ އެކު އުރީދޫ އެޕް މެދުވެރިކޮށް %100އަށް ވުރެ ގިނަ ޑޭޓާ
- ފޭސްބުކް ފްލެކްސް މެދުވެރިކޮށް ހިލޭ ފޭސްބުކް ބޭނުންކޮށްލެވުން
ކޮވިޑް-19 ޕެންޑެމިކްގެ ސަބަބުން ދިމާވެފައިވާ ދަތިތަކާ ކުރިމަތިލުމަށް ދިވެހި ރައްޔިތުންނަށް އެކި ގޮތްގޮތުން އެހީ ފޯރުކޮށްދީފައިއެވެ. މިގޮތުން ޕެންޑެމިކާ ބެހޭ މައުލޫމާތް ފަތުރައި، ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ދަތި އުނދަގޫ ހާލަތްތަކުން އަރައިގަތުމަށް ޓަކައި، ދިވެހި ސަރުކާރާއި، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އަދި ކަމާ ގުޅޭ އެކި ފަރާތްތަކާ ގުޅިގެން އުރީދޫ އިން މަސައްކަތްކުރަމުން ދާނެއެވެ.
މިއަދު ތައާރަފްކުރެވިފައިވާ ހާއްސަ ޚިދުމަތްތަކާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، އުރީދޫގެ ވެބްސައިޓަށް ޒިޔާރަތްކޮށްލައްވާށެވެ.