ތާޒަން މަރުވެއްޖެ
ތާޒަން ފިލްމުގައި ތާޒަންގެ ރޯލުން ގިނަބަޔަކު ބަލައިގަތް ޖޯ ލާރާ މަތިންދާ ބޯޓަކުން ވެއްޓި މަރުވެއްޖެއެވެ.
ފްލައިޓްވެއްޓުމުގެ މިހާދިސާގައި ޖޯއާއި އޭނާގެ އަންހެނުންގެ އިތުރުން ފަސް މީހަކު މަރުވިއެވެ.
ޖޯ ދަތުރުކުރި ކުޑަ ޖެޓް ވެއްޓުނީ އުދުއްސާލިތާ މާގިނަ އިރުތަކެއް ނުވަނީހެވެ. މި ފްލައިޓް ވެއްޓުނީ އެއަރޕޯޓާ ދާދި ކައިރީގައި އޮތް ކޯރަކަށެވެ.
ހާދިސާގައި މަރުވި ގްވެންގެ ދަރިފުޅު އެލިޒަބެތު ހަނާ ވަނީ ސްޓޭޓްމެންޓެއް ނެރެފައެވެ. އެ ސްޓޭޓްމެންޓްގައި ހަދިސާގައި މަރުވި މީހުންގެ ހަނދާން އާކުރަމުން ބުނީ “ އަހަރެންގެ މަންމަ ގްވެން ލާރާއަކީ އެންމެ ރަނގަޅު އެންމެ މަޑުމައިތިރި އެންމެ ލޯބި މަންމަ. މަންމައަކީ އަހަންނާއި އަހަރެންގެ ބޭބެގެ އެންމެ ގާތް އެކުވެރިޔާ. މަންމަގެ އަމަލުތަކާ ބަހުގެ ސަބަބުން އެތައް ބައެއްގެ ދުނިޔެ ވަނީ އުފާވެރި ދުނިޔެއަކަށް ބަދަލުވެފަ.” ކަމަށެވެ.
މިހާދިސާގައި އެލިޒަބެތުގެ ފިރިމީހާ ބްރެޑަން ހަނާ ވެސް ވަނީ މަރުވެފައެވެ.
ޖޯ ލާރާ ކުޅުނު ފިލްމު ތަކަށް ބަލާލާއިރު، “ތާޒަން” "ބޭ ވޮޗް" ، "އެމެރިކަން ސައިބޯގް" "ސްޓީލް ވޮރިއަރ" އަދި " ކެނޮން އެޑްވެންޗަރ" ހިމެނެއެވެ. މީގެ ތެރެއިން ވެސް އެޕިކް އެޑްވެންޗަރ ފިލްމު ތާޒަންގެ އަކީ ވަރަށް މަޝްހޫރުކަން ހޯދި ފިލްމެކެވެ. އޭގެ ކާޓޫން އަސްލަކަށް ބަލައިގެން އުފެއްދި މި ފިލްމު އެކި ބަހުން އެކި ވާހަކަތަކަށް އުފައްދައިފައިވެއެވެ.