ކޮވިޑް-19: މިއަދުގެ 6 ވަނަ މަރު، ނިޔާވި މީހުންގެ އަދަދު 167އަށް

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ 62 އަހަރުގެ ދިވެހި ފިރިހެނެއް ނިޔާވެއްޖެއެވެ.
މިއީ ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ މީހުންގެ ތެރެއިން މިއަދު ނިޔާވި ހަވަނަ މީހާއެވެ. އަދި މިހާތަނަށް ރާއްޖެއިން ނިޔާވި 167 މީހާއެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون