މާލޭ ގެއެއްގައި މަރުވެ ކުނިވެފައި އޮތް ދިވެއްސަކު ފެނިއްޖެ

މާލޭގެ ގެއެއްގެ ތެރޭގައި މަރުވެ ކުނިވެފައި އޮތް ދިވެއްސަކު ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ ގަލޮޅުގައި ހުންނަ ގެއެއްގައި ކުނިވަސް ދުވާތީ ބެލިއިރު މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.
މަރުވެފައި އޮއްވާ ފެނުނީ 27 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.
މި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިރޭ މެންދަމު 2:30ގައި ކަމަށާއި ސީންގައި ބަލަންޖެހޭ ކަންކަން ބެލުމަށް ފުލުހުން ހަރަކާތްތެރިވަމުންދާ ކަމުގައި ވެސް ފުލުހުން ވިދާޅުވިއެވެ. މިކަމާ ގުޅޭ ގޮތުން ފުލުހުން އަދި އިތުރު މައުލޫމާތެއް ދެއްވައިފައެއް ނުވެެއެވެ.
ކޮވިޑާ ގުޅިގެން އެކަށައަޅައިފައިވާ އުސޫލުގެ ދަށުން ޢާލަމީ ވަބާގެ މި ދުވަސްވަރު މަރުވާ އެންމެން ވެސް އެ ބައްޔަށް ޓެސްޓް ކުރެއެވެ. މި އުސޫލުގެ ދަށުން މި މީހާގެ ހަށިގަނޑު ވެސް މިރޭ ކޮވިޑަށް ޓެސްޓް ކުރާނެއެވެ.