ޚަބަރު

ކޯވިޑް-19 ދިފާޢު: އިތުރު 1،132 މީހުން ވެކްސިން ފުރިހަމަކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން
ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ސޯޝަލް ސެންޓަރަށް ދިޔަ މީހުންގެ ކިޔޫ/ ދެން އިމޭޖްސް: ޢާލިމް ޢަބްދުއްލަތީފް

ރާއްޖެއިން އިތުރު 1،132 މީހަކު ކޯވިޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފިއެވެ.

Ads by STELCO

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ 24ގަޑިއިރު ތެރޭ ވެކްސިންގެ ދެވަނަ ޑޯޒް އަތޮޅުތަކުގެ ސެންޓަރުތަކުން ޖަހައިފައި ވަނީ 886 މީހުންނެވެ. މާލެ ސަރަހައްދުން 246 މީހުން ވެކްސިން ފުރިހަމަ ކޮށްފައިވެއެވެ. މިއާ އެކު ރާއްޖޭގައި ވެކްސިން ފުރިހަމަ ކުރި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 168،889 އަށް އަރައިފައެވެ.

ވޭތުވެދިޔަ 24ގަޑިއިރު 246 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައެވެ. އަތޮޅުތަކުން ސެންޓަރުތަކުން ވެކްސިންގެ ފުރަތަަމަ ޑޯޒް ޖަހައިފައި ވަނީ 200 މީހުންނެވެ. އަދި މާލެ ސަރަހައްދުން 46 މީހުންނެވެ. މިއާ އެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދު ވަނީ 310،405އަށް އަރައިފައެވެ.

ކޮވިޑް-19އިން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހަނީ 3 ވައްތަރެއްގެ ވެކްސިނެކެވެ. އެއީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިނާއި ޗައިނާއިން ހަދިޔާ ކުރި ސިނޮފާމް ވެކްސިންގެ އިތުރުން ފައިޒާ ވެކްސިނެވެ.

އޭގެ ތެރެއިން އިންޑިއާއިން ހަދިޔާ ކުރި ވެކްސިންގެ ސްޓޮކް މިހާރު ހުސްވެގެން، އެ ވެކްސިން އާންމުކޮށް ޖެހުން ވަނީ މެދުކަނޑައިލައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!