ހަމަލައާ އެކު އަޅުގަނޑުގެ ދުލުން ނުކުތީ ޝަހާދަތުގެ ދެކަލިމަ : ނަޝީދު
މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިން ވަގުތު ރައީސް ނަޝީދުގެ ދޫފުޅުން ނުކުތީ ޝަހާދަތުގެ ދެކަލިމަ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
"ލާދީނީ ގޮވުން: އަނގަހުތުރުވުން" ގެ ދަށުން ސޯޝަލް މިޑިއާގައި އާންމު ކުރެވުނު ބަޔާނެއްގައި ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް ދިމާވި ހާދިސާއެއްގައި، އެމަނިކުފާނު މަރުގެ ތުންފަތް މައްޗައް ދިޔަކަމަށާއި، ވަރަށް ރަނގަޅަށް ހަނދާން ވާގޮތުގައި އެހިނދުގައި އެމަނިކުފާނު ހިތަށް ވަދެ އަދި ދުލުން ކިޔަމުން ގެންދެވުނު ބަސްތަކަކީ ޝަހާދަތުގެ ދެކަލިމައިގެ ބަސްތައް ކަމުގައެވެ.
ނަޝީދު އިތުރަށް ވިދާޅުވީ ބައެއް މީހުންގެ ނަޒަރުގައި ވަކި މީހަކީ އެއީ ލާދީނީ މީހެއްގެ ގޮތުގައި ވާހަކަދެއްކިދާނެ ކަމަށާއި، އަދި ހާއްސަކޮށް އެމީހާއަކީ އެހެން މީހެއްގެ ނަޒަރުގައި އިސްލާމްދީނުގެ އުސޫލުތަކާ ޚިލާފަށް އުޅޭ މީހެއް ކަމަށް ގަބޫލުކުރާ ނަމަ އެކަހަލަ އަޑުތައް ގަދަވާނެ ކަމަށެވެ.
މީގެ އިތުރުން، ރައީސް ނަޝީދަކީ ލާދީނީ މީހެއްކަމަށް ބުނުމުގެ ހައްގު އޮންނާން ޖެހޭނެ ކަމަށް އެތައް ބަޔަކު ގަބޫލު ކުރާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. އެހެން ނަމަވެސް ކަނޑައެޅިގެން އިސްލާމެއްކަމަށް ދެކިގެން ހުންނަވަނިކޮށް އެމަނިކުފާނަށް އަމާޒުކޮށް ލާދީނީ މީހެއްކަމަށް ލޭބަލް ކުރުމަށް ބޭނުންފުޅު ނުވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ބައެއް މީހުންގެ ބޭނުމަކީ އެމަނިކުފާނާ މެދު އެހެންމީހުންގެ ހިތްތަކުގައި ނަފުރަތު އުފެއްދުން ކަމަށާއި، އެމަނިކުފާނު ދައްކަވާ ވާހަކައެއް އެއީ އިސްލާމްދީނާ ހިލާފުކަމެއްގެ ގޮތުގައި ސިފަކޮށް، ދީނުގެ ދިފާއުގައި އެމަނިކުފާނު ގޯސް ކުރަން ކަމަށް ވެސް ނަޝީދުގެ ބަޔާނުގައި ފާހަގަ ކުރައްވައިފައި ވެއެވެ.
ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން މި ރާއްޖޭގައި އިސްލާމްދީނާ ހިލާފު އެއްވެސްކަމެއް ނުކުރެވޭނެ ކަމަށާއި، ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީންކަމުގައި ފުރިހަމައަށް ކަނޑައަޅައިފައިވާކަމަށެވެ. އަދި މީހަކު ލާދީނީ ވާއިރަށް އެމީހެއްގެ މައްޗަށް ދިވެހި ގާނޫނު ހިންގޭނެ ކަމުގައި ވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. "ލާދީނީ" ބަސް މީހަކަށް އަމާޒު ކުރަނީ، އެހެން މީހުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމުގެ ބޭނުމުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މިހާރު ތިޔައުޅުއްވަނީ ތިޔަ ކަމުންވެސް ބޮޑު ސިޔާސީ ފައިދާއެއް ނަގަން އުޅޭ ގޮތަށް. މަނިކުފާނު ތިޔަވިދާޅުވާ ހާދިސާ ހިގި ފަހުން މިވީ މަސް ދުވަހުގެ ތެޜެގައި ތިޔަވަރުގެ ބޮޑު ދޮގެއް ހެދުނުބާ؟
މަނިކުފާނު އަވަހާރަވަނީ ވަނީ ކަމައްހީކޮއް ހިތުގެ ފުންމިނުން ގަސްދަކާނުލަާ ޝަހާދަތުގެ ދެކަލިމަ
ﷲއައް ހަމްދުކުރޭ ތައުބާވުމައް ފުރުސަތުލިބުނީތީ
ރައްތިޔުން މަނިކުފާނުދެކެ އަދިވެސްލޯބިވާނެ އިސްލާމް
ދީނުގެދިފާއުގަނުކުމެ ދީނައްކުޑަނަމަވެސް ބަހެއްނުބުނެ
އަމަލާބަހުން މުސްލިމެއްކަމައް ދެއްކިއްޔާ
ވަރައް އުފާވާނެ ހަރުކަާށި ފިކުރުގެ ނަމުން މީހުންނާ ދިމާއައް އެކިޔާތަކެތި ކިޔުން ހުއްޓާލާ ﷲ އެންގެވި މަގުން އުޅެން ފުރުސަތު ދިނިއްޔާ
އެންމެ ފުރިހަމަ ކޮމެންޓް
ހަމަލާގަ މަރުވާން ނެތީމަ ކިޔުނީ ކަމައް ވެދާނެ.. ކޮންމެ ކަމެއްވެސް އެންމެ މޮޅައް ދެނަވޮޑިގެންވަނީ މާތްﷲ،
ކީރިތި ކީރިތި ޤުރުއާނާއި ރަސޫލާއަށާއި ދީނަން ފުރައްސާރަ ކުރުމާއި ދީނުގައި ކައެޅިފައިވާ ހައްދުތަކައި ދެކޮޅަށް ވާހަކަ ދައްކާ މީހުންނަކީ ކޮންހަލަ ބައެއްތޯ؟؟ މި ސުވާލުގެ ޖަވާބު ނަޝީދު އަދި އެހެން މީހުންވެސް ދެއްވުން އެދެން.
މަނިކުފާނު ޑެންމާކުގައި ވެސް ވިދާޅުވީ ޝަހާދަތްތޯ.؟ ކޮންމެފަދަ ނުލަފާ ވާހަކައެއް ދައްކާފަވެސް ސިންޕަތީ ހޯދަންވީމާ ތިމަންނާ މިހާރުވެސް މިކިޔަނީ ޝަހާދަތޭ އަންނަ އަހަރު ހައްޖަށް ދާނަމޭ ކިޔައިގެން އޮޅުވާލަން ވާހަކަ ދައްކާނެ ކަމެއްނެތް• އަބަދު ލާދީނީ ވާހަކަ ދައްކާ އަދި ގައުމަށް ޣައްދާރުވުން ނޫން ކަމެއް ބޭފުޅާގެ ފަރާތުން ނުފެނޭ.
މާރުކޭޓުގަ މީހުން ދޮގުހަދާފަވެސް، އަޑުގެކޮޅަށް ގޮވާ، “ސަހާދެއް”. މިހެން.
ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީީ