އިތުރު 2 މީހުންގެ މަރާ އެކު ނިޔާވި މީހުންގެ އަދަދު 184އަށް
                                                        ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު 2 މީހުން ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ނިޔާވެފައި ވަނީ އުމުރުން 93 އަހަރުގެ ފިރިހެނަކާއި، 82 އަހަރުގެ އަންހެނެކެވެ.
މިއާ އެކު ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 184އަށް އަރައިފައެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون
  Ads by HDC
 
            
                    
            
                    
            
                    