އެޑްވަޓޯރިއަލް

އެއް ހިޔާލެއްގެ މީހުންނަށް ޚާއްސަ "ފައިންޑާ ޕްރޯ" އެޕާ އުރީދޫ ގުޅިއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެކަކު އަނެކަކާ މުއާމަލާތް ކުރުމުގައި ނުވަތަ ގުޅުން ބަދަހި ކުރުމުގައި އާންމުކޮށް ދިމާވާ އެއް ދަތި ކަމަކީ، ތިމާއާ އެއް ހިޔާލެއް ނުވަތަ އެއް ޝައުޤުވެރިކަމެއް ހުންނަ ބަޔަކު ހޯދުމެވެ. ނަމަވެސް މިކަން ފަސޭހަ ކޮށްދިނުމަށް މިހާރު ވަނީ "ފައިންޑާ ޕްރޯ" ކިޔާ އެޕްލިކޭޝަނެއް ތަޢާރަފްކޮށްފައެވެ. ދިވެހިންނަށް އޮތް އިތުރު ފަސޭހަ ކަމަކީ، މި އެޕްލިކޭޝަނާއި އުރީދޫ މޯލްޑިވްސް މިހާރު އަތުގުޅައިލައިފައިވާ ކަމުގެ އުފާވެރި ޚަބަރެވެ.

Ads by Sosun Fihaara

ފައިންޑާ ޕްރޯއާއި އުރީދޫ ޕާޓްނަރުންނަށް ވެފައިވާކަން އުރީދޫއިން އިއްޔެ ވަނީ ހާމަކޮށްފައެވެ. އެގޮތުން ދުވާލަކަށް 2 ރުފިޔާ ނުވަތަ ހަފްތާއަކަށް 10 ރުފިޔާ ދައްކައިގެން އުރީދޫ ކަސްޓަމަރުންނަށް އެކްސްކްލޫސިވްކޮށް މި އެޕްލިކޭޝަން އެކްޓިވޭޓު ކުރެވޭނެކަމަށް އުރީދޫ އިން ބުނެފައިވެއެވެ.

ފައިންޑާ ޕްރޯ މެދުވެރިކޮށް އެއް ހިޔާލެއް ނުވަތަ ޝައުޤުވެރިކަމެއް ހުންނަ މީހުން ހޯދާ، ގުޅުން ބަދަހި ކުރުމަށް މަގުފަހިވެއެވެ. އެގޮތުން އަމިއްލަ ޕްރޮފައިލާއި ގުޅުންހުރި އެތައް ހާސް ލޯކަލް އެހެން ޕްރޮފައިލްތަކެއް މި އެޕްލިކޭޝަންގެ އެހީގައި ހޯދައިދެއެވެ.

ވަރަށް ފަސޭހައިން ބޭނުން ކުރެވޭ އެޕްލިކޭޝަނެއް

މިއީ ވަރަށް ފަސޭހައިން ބޭނުން ކުރެވޭ އެޕްލިކޭޝަނެކެވެ. އެގޮތުން މި އެޕްލިކޭޝަން ބޭނުން ކުރުމަށް ޓަކައި:

  • ސައިން އަޕް ކޮށްލާ

ކޮންމެ އެޕްލިކޭޝަނެއް ވެސް ބޭނުން ކުރަން ފެށުމުގެ ކުރިން، އެންމެ ފުރަތަމަ ކުރާ ކަމަކީ ސައިން އަޕް ކުރުން ، އެހެން ނޫންތޯއެވެ. ފައިންޑާ ޕްރޯ އެޕް ބޭނުން ކުރަން ސައިން އަޕް ކުރުމަށް ޓަކައި ތިމާއަށް ކިޔާ ނަމާއި، ލޮކޭޝަން، އަދި ބޭނުންވާ ޕްރޮފައިލް ފޮޓޯއެއް އަޕްލޯޑް ކޮށްލާށެވެ. ބޭނުންނަމަ 15 ސިކުންތުގެ ޕްރޮފައިލް ވީޑިއޯކޮޅެއް ވެސް ހަދައިލައި އަޕްލޯޑް ކޮށްލެވިދާނެއެވެ. ޕްރޮފައިލް ވީޑިއޯއެއް ހެދުމުން އަމިއްލަ ޕްރޮފައިލްގެ ރޭންކިންގ އެހެން ޕްރޮފައިލްތަކަށް ވުރެ މަތިވެގެން ދާނެއެވެ.

  • ޝައުޤުވެރިވާ ކަންކަން ހުންނަ އެހެން މީހުން ހޯދާނީ ކިހިނެއް؟

ހަމައެކަނި އާންމު މައުލޫމާތުތައް ފުރިހަމަ ކޮށްލައިގެން، ތިމާއާ އެއް ހިޔާލެއްގެ މީހުން ނުހޯދިދާނެއެވެ. އެހެންކަމުން، ތިމާ ޝައުޤުވެރިވާ ކަމެއް ވެސް އިޚްތިޔާރު ކޮށްލާށެވެ. އެގޮތުން ފައިންޑާ ޕްރޯގައި ހިމެނޭ ބައެއް ކަންކަމަކީ:

- ކުޅިވަރު

- އެޑްވެންޗަރ

- މިޔުޒިކް

- ނެށުން

- ކާނާ

- ފިލްމު

މީގެ އިތުރުން ވެސް ޝައުޤުވެރިވާނެ ބައިވަރު ކަންކަން ހިމެނޭނެއެވެ.

  • ބޭނުންވާ އެހެން ޕްރޮފައިލްތައް ޗެކް ކޮށްލާނީ ކިހިނެއް؟

އަމިއްލަ ޕްރޮފައިލް ހަދައި ނިމުމުން، ތިމާއާ އެއް ހިޔާލެއް ހުންނަ ޕްރޮފައިލްތަކެއް ފެންނާނެއެވެ. ބޭނުންވާ ޕްރޮފައިލެއް ބުކްމާކް ކޮށްލަން ބޭނުން ނަމަ ކަނާތް ފަރާތަށް ސްވައިޕް ކޮށްލާށެވެ. ޕްރޮފައިލެއް ސްކިޕް ކޮށްލަން ބޭނުންނަމަ ވާތްފަރާތަށް ސްވައިޕް ކޮށްލާށެވެ. އަދި އެމީހެއްގެ ފުލް ޕްރޮފައިލް ބަލައިލަން ބޭނުންނަމަ، އެ ޕްރޮފައިލަކަށް ފިތައިލުމުން، އެމީހަކާ ބެހޭ އިތުރު މައުލޫމާތުތައް ފެންނާނެއެވެ.

  • ޗެޓުން ގުޅިލާ

ޝައުޤުވެރިވާ ފަރާތަކާ ޗެޓު ކޮށްލަން ބޭނުން ނަމަ، އެ ފުރުސަތު ވެސް މި އެޕްލިކޭޝަނުގައި ހިމެނިގެން ވެއެވެ. އެގޮތުން އޮޕްޝަންގައިވާ "ފްރީ ޗެޓް"އަށް ފިތާލާށެވެ. އޭރުން ފައިންޑާ ޕްރޯ ބޭނުން ކުރާ އެ ފަރާތަށް ޕުޝް ނޮޓިފިކޭޝަނެއް ދާނެއެވެ.

  • ރިޕޯޓު/ ބްލޮކް ކުރުން

އެހެން ޕްލެޓްފޯމްތަކެކޭ އެއްފަދައިން ފައިންޑާ ޕްރޯއިން ވެސް މީހުން ރިޕޯޓުކޮށް ބްލޮކް ވެސް ކުރެވޭނެއެވެ. އެގޮތުން މީހެއްގެ މައްސަލައެއް ރިޕޯޓު ކުރުމުން ނުވަތަ މީހަކު ބްލޮކް ކޮށްލުމުން، ފައިންޑާއިން އެ ޕްރޮފައިލްގެ މައްސަލަ ބަލާނެއެވެ.

  • ފީޑްބެކް ވެސް ދެވޭނެ

އެޕްލިކޭޝަނާ ގުޅޭގޮތުން ފާހަގަ ކޮށްލަން ބޭނުންވާ އެއްވެސް ކަމެއް އޮތް ނަމަ "ސެޓިންގް މެނިއު"އަށް ގޮސް ފީޑްބެކް ވެސް ދެވޭނެއެވެ.

ސަބްސްކްރިޕްޝަން ޕްލޭންތައް

  • ޑެއިލީ ސަބްސްކްރިޕްޝަން: އެންމެ 2 ރުފިޔާ ހަރަދު ކޮށްގެން ފައިންޑާ ޕްރޯއަށް އެއް ދުވަހަށް އެކްސެސް ވެވޭނެއެވެ.
  • ވީކްލީ ސަބްސްކްރިޕްޝަން: އެންމެ 10 ރުފިޔާ ހަރަދު ކޮށްގެން ހަތް ދުވަހަށް ފައިންޑާ ޕްރޯއަށް އެކްސެސް ވެވޭނެ.

ގޭގައި ތިބެގެން އެއް ހިޔާލެއްގެ މީހުން ހޯދުމަށް، އުރީދޫ ކަސްޓަމަރުން ފައިންޑާ ޕްރޯ ޑައުންލޯޑް ކޮށްލައްވާށެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!