ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ 86 އަހަރުގެ މީހަކު ނިޔާވެއްޖެ

ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ 86 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެއެވެ.
"ދެން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ.
މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި 186 ވަނަ މީހާއެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون