100 އަހަރުގެ މީހަކު ނިޔާވެ، ޖުމްލަ އަދަދު 187އަށް

ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ ނިޔާވެފައި ވަނީ ދަރުމަވަންތ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 100 އަހަރުގެ ފިރިހެނެއް ކަމަށެވެ.
މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި 187 ވަނަ މީހާއެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون