ވިޔަފާރި

އުރީދޫ ފެންޓަސީ ލީގް: ޕްލޭސްޓޭޝަން 5އާ އެކު އަގުހުރި އިނާމުތަކެއް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޔޫރޯ 2020ގެ ފުޓުބޯޅަ ފޯރިއާއި ގުޅިގެން އުރީދޫ މޯލްޑިވްސްއިން ޔޫރޯ ފެންޓަސީ ފުޓްބޯލް 2020ގައި "އުރީދޫ ފެންޓަސީ ލީގް" ގެ ނަމުގައި ޓޯނަމެންޓެއް އިއުލާނު ކޮށްފިއެވެ.

Ads by MWSC

މި ލީގުގައި ބައިވެރިވާ ފަރާތްތަކުން ވާދަކޮށް ލީގު ނިމޭއިރު އެންމެ މަތިން ވަނަ ހޯދާ 10 ފަރާތަކަށް އަގު ހުރި އިނާމްތަކެއް ވެސް ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ. މިއީ މި ގޮތަށް އުރީދޫ މޯލްޑިވްސްއިން އިންތިޒާމް ކުރާ ދެވަނަ ފެންޓަސީ ފުޓްބޯޅަ މުބާރާތެވެ.

އުރީދޫއިން ހާމަކުރި ގޮތުގައި 2018ވަނަ އަހަރު ފީފާ ވޯލްޑްކަޕާ ގުޅިގެން އުރީދޫ ވޯލްޑް ކަޕް ފޯރި ފެންޓަސީ ފުޓްބޯލް ޓޯނަމެންޓް ވެސް އެ ކުންފުނިން ވަނީ ބާއްވައިފައެވެ.

އުރީދޫ ފެންޓަސީ ލީގުގެ ޕާޓްނަރުން ކަމުގައިވާ ވެސްޓޯ އޮންލައިން، ހައިސެންސް ބައި ރެޑްވޭވް އަދި ސޮނީ ސްޕޯޓްސް އާއި ގުޅިގެން ލީގުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ވަނަ ހޯދާ 10 ފަރާތަކަށް އަގު ހުރި އިނާމްތަކެއް ވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން:

▪︎ 1ވަނަ ހޯދާ ފަރާތަށް ވީސްޓޯ އޮންލައިންގެ ފަރާތުން ދޭ ޕްލޭސްޓޭޝަން 5 ބްލޫރޭ އެޑިޝަން
▪︎ 2ވަނަ ހޯދާ ފަރާތަށް ހައިސެންސް ބައި ރެޑްވޭވް ގެ ފަރާތުން ދޭ ހައިސެންސް 65 އިންޗީގެ 4ކޭ ކިއުލެޑް ސްމާޓް ޓީވީ އަދި ސައުންޑް ބާ
▪︎ 3ވަނަ ހޯދާ ފަރާތަކަށް ސޮނީ ސްޕޯޓްސްއިން ދޭ އެޑިޑަސް ޔުނިފޯރިއާ-ޔޫރޯ 2020 އޮފިޝަލް މެޗް ބޯޅަ އަދި 1000 ރުފިޔާގެ ގިފްޓް ވައުޗާއެއް
▪︎ 4ވަނަ އިން ފެށިގެން 10ވަނަ ހޯދާ ކޮންމެ ފަރާތަކަށް ސޮނީ ސްޕޯޓްސްއިން 500 ރުފިޔާގެ އަގުހުރި ގިފްޓް ވައުޗާއެއް

ޔޫރޯ 2020 ފެންޓަސީ ފުޓްބޯޅައަކީ ޔޫރޯ 2020 ގައި ބައިވެރިވާ ގައުމީ ޓީމްތަކުގެ ކުޅުންތެރިންތަކެއް އިހްތިޔާރުކުރުމަށް ފަހު ޑްރީމް ޓީމެއް މެނޭޖްކުރުމުގެ ތަޖުރިބާ ހޯދައިދޭ ގޭމެކެވެ. މި ގޭމުގައި ޕޮއިންޓް ލިބިގެންދާނީ، އެ ޓީމަކަށް ނެގުނު ކުޅުންތެރިން ޔޫރޯ 2020ގައި ދައްކާ ކުޅުމަށް ބިނާކޮށް ކަމަށް އުރީދޫއިން ބުނެއެވެ. އަދި ޔުއެފާ ޔޫރޯ 2020 ވެބްސައިޓް މެދުވެރިކޮށް ނުވަތަ ޔުއެފާ ގޭމްސް އެޕް މެދުވެރިކޮށް ވެސް މި ލީގުގައި ބައިވެރިވެ ކުޅެވޭނެއެވެ.

އުރީދޫ ފެންޓަސީ ލީގުގައި ބައިވެރިވުމަށް މި ވެބްސައިޓަށް ޒިޔާރަތް ކޮށްލައްވާށެވެ. ނުވަތަ 64OXKZRT08 ކޯޑް ބޭނުން ކުރައްވާށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!