ޚަބަރު

އަމީރު އަޙްމަދު ސްކޫލް ހިންގި ބިން 35 އަހަރަށް އެޑިއުކޭޝަން މިނިސްޓްރީއަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުރީގެ އަމީރު އަޙްމަދު ސްކޫލް ހިންގި ބިން، ތަޢުލީމުދޭ މަރުކަޒެއް ހިންގުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް ދިނުމަށް ނިންމާފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މާލޭ މޭޔަރު ޑރ.މުޢިއްޒު ވިދާޅުވީ ބިން ދޫކުރުމަށް ކައުންސިލުން ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އެޑިއުކޭޝަން މިނިސްޓްރީގެ އެދުމުގެ މަތިންކަމަށެވެ. އަދި ކައުންސިލްގެ އިއްތިފާޤުން ފާސްކޮށްފައި ވަނީ 35 އަހަރަށް ބިން ދޫކުރުމަށް ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

"މި ބިމުގައި ތަޢުލީމުދޭ މަރުކަޒެއް ހިންގާ ބެލެހެއްޓުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް ދޫކުރުމަށް މި ނިންމީ. ކައުންސިލްގެ އިއްތިފާޤުން ފާސްކުރީ 35 އަހަރަށް ބިން ދޫކުރުމަށް." ޑރ.މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. މުއިއްޒު ވިދާޅުވީ އެބިން، ތަޢުލީމުދޭ މަރުކަޒެއްގެ ގޮތުގައި ބޭނުން ކުރުމަށް ދިގު މުއްދަތަކަށް ދޫކޮށްފައި ވަނީ، މިކަމަކީ އެ ސަރަޙައްދުގެ ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބޭނެ އަދި މިކަމަށް ރައްޔިތުން އެދެމުންދާ ކަމަކަށް ވާތީކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!