ޚަބަރު

ކޮވިޑް-19ގެ މަރެއް، ޖުމްލަ އަދަދު 190އަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއީ ކޮވިޑް ބަލީގައި ލ.އަތޮޅުގައި ނިޔާވި ހަތަރު ވަނަ މީހާއެވެ. އަދި މި ބަލީގައި ރާއްޖެއިން ނިޔާވި 190 ވަނަ މީހާއެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!