ޚަބަރު

ނަފްރަތުގެ ބިލު އޮތީ އިބިލީސް މެނިފެސްޓޯއަށް ފުރުސަތު ހަނިވާ ގޮތަށް: ބޮންޑޭ

ރައުފާ ރަޝީދު ، ދެން އޮންލައިން

"ނަފްރަތުގެ އަމަލު ހިިންގުން" ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅައިފައިވާ ބިލް އޮތީ އިބިލީސް މެެނިފެސްޓޯއަށް ފުރުސަތު ހަނިވާ ގޮތަށް ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

Ads by STELCO

ބޮންޑޭ މިހެން ވިދާޅުވެފައި ވަނީ މުސްލިމަކާ ދިމާއަށް، އާންމު ތަނެއްގައި ކާފަރެއް ކަމަށް ބުނުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ނަފުރަތުގެ އަމަލު ހުއްޓުވާ ބިލު ހުށަހެޅުމާ ގުޅިގެންނެވެ.

ބޮންޑޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބިލް އޮތީ "އިބިލީސް މެނިފެސްޓޯއަށް "ފުރުސަތު ހަނިވާގޮތަށް މުސްލިމަކާ ދިމާލަށް ކާފަރަށް ނުގޮވޭ ގޮތަށް ކަމަށާއި، ކޮންމެ ސިޔާސީ ޕާޓީއަކުން ވެސް އެ ޕާޓީއެއްގެ ވައުދުނާމާ ނުވަތަ މެނިފެސްޓޯ އިލެކްޝަން ކޮމިޝަނާ ހިއްސާކުރަން ޖެހޭކަމަށެވެ.

ސަރުކާރުން ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ފޮނުވި އެ ބިލާ ގުޅިގެން، އޭގައި ލާދީނިއްޔަތު ފެތުރުމުގެ ޖާގަ އޮތް ކަމަށް ބުނެ ގިނަބައެއްގެ ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ. 

އެ ބިލުގައި ނަފްރަތުގެ ބަސްމަގުގެ ކުށްތައް ބަޔާންކޮށްފައިވާ އިރު، ދެ ކުށެއް ބަޔާންކޮށްފައި ވަނީ ނަފްރަތުގެ ބަސްމަގުގެ ކުށް ކަނޑައެޅުމުގައި ބައިނަލްއަގުވާމީ ގޮތުން ބަލައިގެންފައިވާ ހަމަތަކަށް ނުފެތޭ ގޮތަށް ކަމަށް ބުނެފައިވެއެވެ.

އެއީ އާންމުތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތުކުރުމުގެ ކުށާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުމުގެ ކުށެވެ.

އަދި އެ ދެ ކުށް ބަޔާންކުރެވިފައި ވަނީ އެކި މާނަ ދޭހަވާ އިބާރާތުން، ޚިޔާލުފާޅުކުރުމުގެ ހައްގަށް އުނިކަން އަންނަ ގޮތަށް އަދި އިސްލާމީ މުޖުތަމައެއްގެ މުސްލިމުންގެ މައްޗަށް ކޮންމެހެން ވާޖިބުވެގެންވާ ހެޔޮ ކަންކަމަށް އަމުރުކުރުމާއި ނުބައި ކަންކަން ނަހީކުރުމުގެ މުހިންމު ޒިންމާ އުފުލުމަކީ ގާނޫނީ ކުށެއް ކަމަށް ކަނޑައެޅޭ ބީދައިން ކަމަށް ވެސް އެ ބިލުގައި ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!