ޚަބަރު

މާލޭގެ ޑެޕިއުޓީ މޭޔަރަކު އިންތިޚާބު ކުރުން މިމަހު 21ގައި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ޑރ.މުޙައްމަދު މުޢިއްޒު --ދެން އިމޭޖްސް

މިހައިތަނަށް ޑެޕިއުޓީ މޭޔަރު އިންތިޚާބުކޮށްފައި ނުވާ ހަމައެކަނި ސިޓީ، މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު މިމަހު 21 ވަނަ ދުވަހު އިންތިހާބުކުރަން ނިންމައިފިއެވެ.

Ads by Sosun Fihaara

މި ދައުރަށް އިންތިޚާބުވި ކައުންސިލަރުން ހުވާކޮށްފައި ވަނީ މެއި މަހުގެ 17 ވަނަ ދުވަހު އޮންލައިންކޮށް ބޭއްވި ޖަލްސާއެއްގައެވެ.

ޑެޕިއުޓީ މޭޔަރު އިންތިހާބުކުރަން ޖެހެނީ ކައުންސިލަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ، އަދި ހުވާ ކުރި ދުވަހު ޑެޕިއުޓީ މޭޔަރުގެ ވޯޓު ނަގައިފައި ނުވަނީ އޮންލައިންކޮށް ޖަލްސާ ކުރިޔަށް ގެންދިއުމުގެ ސަބަބުންނެވެ.

މާލެ ސިޓީ ކައުންސިލުން މިދިޔަ އާދީއްތަ ދުވަހު 14 ދުވަހުގެ ނޯޓިސް ދިނުމަށްފަހު ކައުންސިލަރުންނަށް ފޮނުއްވި ސިޓީގައި ވަނީ ޑެޕިއުޓީ މޭޔަރަކު އިންތިޚާބުކުރުމަށް ބާއްވާ ޖަލްސާ މިމަހުގެ 21 ގައި އޮންނާނެ ކަމަށެވެ.

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރުކަމަށް ޕީޕީއެމްގެ ހަތަރު ކައުންސިލަރަކު ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. މާލެ ސިޓީ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ 19 މެންބަރުންގެ ތެރެއިން 12 މެންބަރުންނަކީ ޕީޕީއެމްގެ މެންބަރުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!