Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މަސްމާރުކޭޓުން ވިއްކާ މަހުގެ ކޮލިޓީ ބަލަން ނިންމައި ތާޒާ މަސްވިއްކޭގޮތް ހަދައިފި

މަސްމާރުކޭޓުން ވިއްކާ މަހުގެ ކޮލިޓީ ބަލަން ނިންމައި ތާޒާ މަސްވިއްކޭގޮތް ހަދައިފި
ގަވައިދުން މަހުގެ ސާމްޕަލް ނަގައި މަހުގެ ކޮލިޓީ ބެލުމަށް ނިންމައި މާލޭ މަސް މާރުކޭޓުގެ އަށިމަތީގައި ބަހައްޓައިގެން ތާޒާކޮށް މަސް ވިއްކޭ ގޮތަށް ނިންމާފައިވާކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މާރުކޭޓުގައި މަސް ވިއްކޭ އުސޫލަށް ބަދަލު ގެންނަން ނިންމައިފައި ވަނީ މަހުގެ ތާޒާކަން ދެމެހެއްޓޭ ގޮތަށް ހެދުމަށް ކަމަށާ އެ ބަދަލު ގެނެސްފައި ވަނީ މަސްވެރިންނާއި ގަނެ ވިއްކާ ފަރާތްތަކާ މަޝްވަރާ ކުރެވިގެން ކަމަށް ވެސް ސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މަސް މާރުކޭޓުގެ ކަންކަން ހަރުދަނާ ކުރުމަށް އިތުރު ނިންމުންތައް ވެސް ކައުންސިލުން ނިންމައިފައިވެއެވެ. މިގޮތުން ގުރުއަތު ނަގައިގެން އަށި ދޫކުރުމާއި ކުދި މަސް ވިއްކާ ގޮޅިތަކުން ހުކުރު ދުވަހު ވެސް މަސް ވިއްކޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ.

އަދި މީގެ އިތުރުން، އެން ހިފައިގެން އަންނަ މަސްވެރިންނަށް ބަނދަރުގައި މަޑުކޮށްލައިގެން ތިބެވޭނެ ޖާގައެއް ހަމަޖެއްސުމާއި މަސް މާރުކޭޓު ސަރަހައްދުން އައިސް ލިބޭނެ ގޮތެއް ހެދުމުގެ އިތުރުން މާރުކޭޓު ސާފުކޮށް ބަލަހައްޓާނެ އިންތިޒާމެއް ހަމަޖެއްސުމާއި މަސް މާރުކޭޓާ ބެހޭ ގަވައިދެއް ހަދާ ތަންފީޒުކުރުން ވެސް ހިމެނޭ ކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އަދި ހަމައެހެންމެ މަސް ކަންޑަން ބޭނުން ކުރާ ފެނުގެ ރައްކާތެރިކަން ކަނޑައެޅުމަށް ވެސް ނިންމައިފައިވާކަމަށް މާލޭ މޭޔަރ ވިދާޅުވިއެވެ. އަށިމަތީ ބަހައްޓައިގެން މަސް ވިއްކޭ ގޮތަށް ބަދަލުކޮށްފައި ވާއިރު މީގެ ކުރިން މާރުކޭޓުގައި މަސް ވިއްކަމުން އައިސްފައި ވަނީ އައިސްބޮކްސް ތަކުގައި ބަހައްޓައިގެންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް