ޚަބަރު

ބޮމުގެ ހަމަލައިގައި އަނިޔާވި މީހާއަށް އެހީވުމުގެ މަސައްކަތް ދަނީ ކުރެވެމުން: ޖެންޑަރ މިނިސްޓްރީ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
ފޮޓޯ: މިހާރު

ރައްޔިތުް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި އަނިޔާވެ، ހާލުގައި ޖެހިފައިވާ އާދަމް އަލީއަށް އެހީވުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

Ads by MWSC

މިދިޔަ މަހުގެ ހަވަނަ ދުވަހު ދިން ބޮމުގެ ހަމަލައިގައި ރައީސް ނަޝީދުގެ އިތުރުން އެ މަނިކުފާނުގެ ދެ ބޮޑީގާޑުންނަށް ވެސް ވަނީ އެކިވަރުގެ އަނިޔާތައް ވެފައެވެ.

ޖެންޑަރ މިނިސްޓްރީން ވިދާޅުވީ، މިހަމަލާގައި އަނިޔާވެ ހާލުގައި ޖެހުނު އާދަމް އަލީއަށް އެހީތެރިވުމުގެ ގޮތުން އެ މިނިސްޓްރީގެ މެންޑޭޓުގެ ދަށުން ފޯރުކޮށްދެވޭނެ އެހީތެރިކަމުގެ މައުލޫމާތު ހިއްސާކޮށް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީއާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް އޭނާއަށް އެހީ ފޯރުކޮށްދޭން ފެށޭނެ ވަކި ދުވަހެއް މިނިސްޓްރީން ވިދާޅުވެފައެއް ނުވެއެވެ.

އާދަމް ބުނީ އެ ހާދިސާ ހިނގި ރޭ އޭނާއަށް މަޑުކޮށްލައިގެން ހުރެވުނީ ބޮން ގޮއްވައިލި ސައިކަލާ ވަރަށް ގާތުގައި ކަމަށާއި، އެތަނުގައި އޭނާ މަޑުކޮށްލައިގެން ހުރީ ނީލޯފަރު ހިނގުމުން މަޖީދީ މަގާވީ ހިސާބުގައި ނަޝީދުގެ ކާރުކޮޅު ޕާކުކޮށްފައި އޮތުމުން، އެ މަނިކުފާނު އެއަށް އަރައިވަޑައި ގަންނަވަންދެން ކަމަށެވެ.

ނަޝީދު އެހިސާބަށް ވަޑައިގަތުމާ އެކު ގޮއްވައިލި ބޮމުން، އާދަމްގެ ކަނާތު ފައިގެ ކުޑަވައި އިނގިލީގެ ކަށިގަނޑު ބިންދައިގެން ދިޔުމުގެ ސަބަބުން ހިނގާބިނގާވެ އުޅެނީ އަސާގެ އެހީގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!