Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އޮޅު ޖަނަވާރު މަގުމައްޗަށް ދޫކޮށްފިނަމަ 5000 ރުފިޔާގެ ޖޫރިމަނާއެއް!

އޮޅު ޖަނަވާރު މަގުމައްޗަށް ދޫކޮށްފިނަމަ 5000 ރުފިޔާގެ ޖޫރިމަނާއެއް!

އޮޅު ޖަނަވާރު މަގުމައްޗަށް ދޫކުރާ ފަރާތްތައް 5000 ރުފިޔާއާއި 10000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ "ޖަނަވާރުގެ ސިއްހަތާ ބެހޭ" މި ބިލް މަޖިލީހަށް ހުށަހަޅުއްވައިފައި ވަނީ ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމެވެ.  އެ ބިލުގައި ވާ ގޮތުން އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު މަގުމަތީގައި ނުވަތަ އެހެންތަނެއްގައި އުޅުމަށް ދޫކޮށްލުން މަނާ ކުރެވެއެވެ. އަދި ގަވައިދާ ޚިލާފަަށް މަގުތައް މައްޗަށް ދޫކުރާ ޖަނަވާރު ކަރަންޓީނު ކުރުމަށާއި، އޭގެ ވެރި ފަރާތް 5000-10000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ވެސް އެ ބިލުގައި ހިމަނައިފައިވެއެވެ.

މީގެ އިތުރުން ބައްޔެއް ހުރި ޖަނަވާރެއް ވިއްކަން ބެހެއްޓުމާއި އަދި އެފަދަ  ބަލި ޖައްސާ އެއްޗެއް ގަސްދުގައި ރާއްޖެއަށް އެތެރެކޮށްފި ނަމަ 10000އާއި 25000އާ ދެމެެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ވެސް އެބިލުގައި ހިމަނައިފައި ވެއެވެ. އަދި އެ ބިލުގައި ބަޔާންކޮށްފައިވާ އެހެން ކަމަކާ ޚިލާފު ވެއްޖެ ނަމަ 5000 ރުފިޔާއަށްވުރެ މަތީ އަދަދަކުން ޖޫރިމަނާ ކުރުމަށް ވެސް ވެއެވެ.

Advertisement
Allied Insurance — Square (box)

އެ ބިލުގައިވާ ގޮތުން ގަވައިދާ ޚިލާފަށް މަގުތައް މައްޗަށް ދޫކުރާ އޮޅު ޖަނަވާރުން ކަރަންޓީނު ކުރަން ފެސިލިޓީއެއް ވެސް ގާއިމު ކުރަން ޖެހެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް