Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ތިނަދޫގައި ކޮވިޑް-19އަށް ފައްސިވި މީހަކު ފިލައިފައެއް ނުވޭ: ކައުންސިލް

ތިނަދޫގައި ކޮވިޑް-19އަށް ފައްސިވި މީހަކު ފިލައިފައެއް ނުވޭ: ކައުންސިލް

ގދ. ތިނަދޫން ކޮވިޑް-19އަށް ފައްސިވީ ބިދޭސީއަކު ފިލައިފައި ނުވާ ކަމަށް ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ވިދާޅުވެއްޖެއެވެ.

“ދެން”އަށް މައުލޫމާތު ދެއްވަމުން ސައުދު ވިދާޅުވީ، ބިދޭސީ މީހާ ފައްސިވުމުން އޭނާ ފިލީ ނޫން ކަމަށާއި، އެވަގުތު އޭނާ ހުރީ އެރަށު ގެއެއްގައި މަސައްކަތް ކުރަން ކަމަށެވެ.

ސައުދު ވިދާޅުވީ، އެ ބިދޭސީ މީހާ ދިރިއުޅެމުން އައި ގޭގައި ޖުމުލަ 4 ބިދޭސީން ދިރިއުޅޭ ކަމަށާއި، އެގޮތުން އެގެއިން ނެގި ރެންޑަމް ސާމްޕަލް ތަކުގެ ތެރެއިން 2 މީހެއްގެ ސާމްޕަލް ކޮވިޑް-19އަށް ފައްސިވެފައިވާ ކަމަށެވެ. އެގޮތުން އެ ގޭގެ މީހުންނަށް ނަތީޖާ އެންގުމަށް ދިއުމުން އޭނާ ގޭގައި އެވަގުތު ނެތީ ކަމަށް ސައުދު ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

ސައުދު އިތުރަށް ފާހަގަ ކުރެއްވީ، އެ ބިދޭސީ މީހާ މަސައްކަތް ކުރަން ހުރި ގޭގެ އެންމެންގެ ވެސް ސާމްޕަލް ނެގިފައިވާ ކަމަށާއި، އެ ގެއާއެކު ބިދޭސީ މީހާ ދިރިއުޅެމުން އައި ގެ ވެސް މޮނިޓަރިންއަށް ލެވިފައިވާ ކަމަށެވެ. އަދި މިކަމުގައި ކަމާ ބެހޭ ފަރާތުން އަންގާ ގޮތަށް ކަންތައް ކުރައްވާނެ ކަމަށް ވެސް ސައުދު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް