ކަޅު ސައި ބުއިމަކީ ވެސް ހަށިގަނޑަށް އެހައި ފައިދާ ހުރި ކަމެއް ނޫން!
ކަޅު ސަޔަކީ ދިވެހީންގެ މެދުގައި މަގުބޫލު ބުއިމެކެވެ. ކޮންމެ ވަގުތަކަށް ވެސް ކަޅު ސައި އެއީ ހަމަ އެއްވަނައެވެ. ނަމަވެސް މިއީ އަދި ހަށިގަނޑަށް އެހާ ފައިދާހުރި ބުއިމެއް ނޫނެވެ. އެހެންކަމުން ކަޅު ސައި ބޯ މީހުންނަށް މި ބުއިމުގެ ސަބަބުން ލިބޭ ގެއްލުންތައް އެނގުމަކީ މުހިއްމުކަމެކެވެ.
ދަތްތަކުގެ ކުލަ ބަދަލުވުން
ކަޅު ސައި ގަވާއިދުން ބުއިމަކީ ދަތްތަކުގެ ކުލަ ބަދަލުވާ ކަމެކެވެ. ނަމަވެސް ކަޅު ސައިގެ ބަދަލުގައި ގްރީން ޓީ ނުވަތަ ހާބަލް ޓީ ބޯ މީހުންނަށް މި މައްސަލަ ކުރިމަތި ނުވެއެވެ. އެހެންކަމުން ދަތްތައް ރީތިކޮށް ބެހެއްޓުމަށް ބޭނުންވާނަމަ ކޮންމެ ދުވަހަކު ކަޅު ސައި ބުއިމުގެ ބަދަލުގައި އެހެން ވައްތަރެއް ވެސް އިހްތިޔާރު ކުރެވިދާނެއެވެ.
މާބަނޑު އަންހެނުންނަށް ރަނގަޅު ބުއިމެއް ނޫން
ކަޅު ސައިގެ ހިމެނޭ ކެފެއިންގެ ސަބަބުން މި ބުއިމަކީ މާބަނޑު ދުވަސްވަރު ބުއިން ރަނގަޅު އެއްޗެއް ނޫނެވެ. ސަބަބަކީ އޭގެ ސަބަބުން ދަރިފުޅު އާދަޔާ ޚިލާފަށް ލުއިވުން ނުވަތަ ބައިގެން ދިއުން ފަދަ ކަންތައްތައް މެދުވެރި ވެދާނެތީއެވެ.
ހަށިގަނޑު ގައި ގޭސް އުފެދުން
މިއީ ފައިދާ ހުރި ބުއިމެއް ކަމުގައި ހީކުރެވުނަސް މާ ގިނައިން ކަޅު ސައި ބުއިމަކީ ސިއްހަތަށް ގެއްލުން ހުރި ކަމެކެވެ. އެގޮތުން މާ ގިނައިން ކަޅު ސައި ބޯ ނަމަ ހަށިގަނޑުގައި ގޭސް އުފެދެއެވެ. އަދި މީގެ ސަބަބުން ބަނޑުގައި ރިއްސުން ފަދަ ކަންކަމާއި ކުރިމަތިލާން ޖެހެއެވެ.
ކަޅު ސައިން ގެއްލުން ލިބުނު ނަމަވެސް ދިރާސާތަކުން ދައްކާ ގޮތުގައި ކަޅު ސައިގައި ހިމެނޭ ފައިދާތައް މާ ގިނައެވެ. އޭގެ ތެރޭގައި ހިތުގެ ބަލިތަކާއި ހަކުރުބަލިން މީހާ ދުރުކޮށްދެއެވެ. އަދި މީގެ އިތުރުން ކިޑްނީގައި ހިލަ އުފެދުން ވެސް ކޮންޓްރޯލްކޮށް ދުރުކޮށްދެއެވެ.
ކަލޯ ދެން ނޭނގެ ބޯނެ އެއްޗެއް
ދެބް ބޯންވީ ކަޅުދަބަހުގައި އުފުލާއެއްޗެހިދޯ
މާގިނައިން ފެންބުއިމަކީވެސް ބަނޑުގަ ރިއްސާކަމެއް. ދަތް ރަަތްވާނީ ދަތް ނޫނގުޅާތީ. ބޭކާރު ލިޔުން ނުލިޔެ ދިރަސާތަކުގެ މައްޗަށް މޮޅެތިވާހަކަ ދައްކަބަލަ.