ދިވެހި އަންހެން ޓީޗަރަކު ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ

ދިވެހި އަންހެން ޓީޗަރަކު އޭނާގެ 16 އަހަރުގެ ފިރިހެން ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.
މި މައްސަލަ ފެންމަތިވުމާ އެކު އެ ޓީޗަރުގެ ފަރާތުން އެހެން ދަރިވަރުންނަށް ވެސް ޖިންސީ ގޯނާ ލިބިފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފުލުުން ވަނީ ބަލަން ފަށައިފައެވެ.
ފުލުހުންގެ މީޑިއާއިން ބުނި ގޮތުގައި ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނޭ (ނ، ފ، ބ، ޅ.) އަތޮޅުގައި ހިމެނޭ ރަށެއްގައި 16 އަހަރުގެ ފިރިހެން ކުއްޖަކަށް 25 އަހަރުގެ ދިވެހި އަންހެނަކު ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ހުށަހެޅީ އިއްޔެއެވެ.
ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން މައްސަލަ ބަލަމުން އައި ނަމަވެސް އަދި މިހައިތަނަށް އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"ދެން"އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ޓީޗަރަކީ އެ ރަށު މީހަކާ އިނދެގެން އުޅޭ އެހެން ރަށެއްގެ މީހެކެވެ. އަދި މައްސަލަ ފެންމަތިވުމުން އެ މީހާ މިހާރު ވަނީ އޭނާގެ ރަށަށް ގޮސްފައެވެ.