ކޮވިޑް ޖެހިގެން 84 އަހަރުގެ އަންހެނަކު ނިޔާވެއްޖެ، ޖުމްލަ އަދަދު 194އަށް

ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 84 އަހަރުގެ އަންހެނަކު ނިޔާވެއްޖެއެވެ.
"ދެން"އަށް އެނގިފައިވާ ގޮތުގައި ނިޔާވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީން ފަރުވާ ދެމުން ދިޔަ ދިވެއްސެކެވެ. މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި 194 ވަނަ މީހާއެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون